Advertisement

ތަކެތީގެ އަގު ކޮންޓްރޯލް ކުރަން އެމެރިކާގެ އިންޓްރެސްޓް ރޭޓް އުފުލައިފި

28 ޖުލައި 2022 - 17:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގައި ވެސް ތަކެތީގެ އަގުތައް ދަނީ އުފުލެމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ތަކެތީގެ އަގު ކޮންޓްރޯލް ކުރަން އެމެރިކާގެ އިންޓްރެސްޓް ރޭޓް އުފުލައިފި

28 ޖުލައި 2022 - 17:11 0

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް އެމެރިކާގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަރުކަޒީ ބޭންކުން އަނެއްކާވެސް އިންޓްރެސްޓް ރޭޓް މަތިކޮށްފި އެވެ.

ފެޑެރަލް ރިޒާވުން ބުނީ އިންޓްރެސްޓް ރޭޓް 0.75 ޕަސެންޓުން މަތި ކުރަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެމެރިކާގެ މަރުކަޒީ ބޭންކުން ދަނީ އިންޓްރެސްޓް ރޭޓް މަތި ކުރަމުންނެވެ. ބޭނުމަކީ އިގްތިސާދު ހަމަޖައްސައި، އިންފްލޭޝަން ކޮންޓްރޯލް ކުރުމެވެ.

އެހެން ނަމަވެސް، އިންޓްރެސްޓް މަތިވަމުންދާ ނަމަ ހޭދަކުރުން ދަށްވެ އިގްތިސާދީ ކުރިއެރުން ހުއްޓޭނެކަމުގެ ބިރު އެބަ އޮތެވެ.

އެންމެ ފަހުން ޑޭޓާއިން ދައްކާ ގޮތުގައި އާއްމުން ވިޔަފާރި ކުރުމުގައި ފަސް ޖެހި، ބޯހިޔާވަހިކަމުގެ މާކެޓު މަޑު ޖެހި، ވަޒީފާ ނެތް މީހުން އިތުރުވެ، 2020 ވަނަ އަހަރަަށް ފަހު ވިޔަފާރި ހަރަކާތްތައް ފުރަތަމަ ފަހަރަށް ވަނީ މަޑުޖެހިފަ އެވެ.

ފެޑެރަލް ރިޒާވްގެ ޗެއާމަން ޖެރޯމް ޕަވަލް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ވެސް އިންޓްރެސްޓް ރޭޓް މަތި ކުރަން ޖެހޭނެ ކަަމަަށާއި އިންފްލޭޝަން ހުރީ 40 އަހަރުގެ ތެރޭގައި މަތި ނުވާ ވަރަށް މަތިވެފައި ކަމަށެވެ.

"އަގުތައް ނުހިފެހެއްޓޭ ނަމަ އިގްތިސާާދުގައި އެއްވެސް ކަމެއް ކުރިއަކަށް ނުހިނގާނެ. އިންފްލޭޝަން ތިރިވާން އެބަ ޖެހޭ. އެއީ ނުކޮށް ތިބެވޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.