Advertisement

އިރާގުގައި މުޒާހަރާ ކުރާ މީހުން ޕާލިމެންޓުގެ ތެރެއަށް ވަދެފި

28 ޖުލައި 2022 - 11:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާގެ ބައިވެރިޔަކު ޕާލިމެންޓް ރައީސްގެ މޭޒުކޮޅުގައި އޮށޯވެގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިރާގުގައި މުޒާހަރާ ކުރާ މީހުން ޕާލިމެންޓުގެ ތެރެއަށް ވަދެފި

28 ޖުލައި 2022 - 11:58 0

އިރާގުގައި މުޒާހަރާ ކުރަމުން ދިޔަ އެތައް ސަތޭކަ ބަޔަކު ވެރިރަށް ބަގްދާދުގެ ހައި ސެކިއުރިޓީ ޒޯނުގައި ހުންނަ ޕާލިމެންޓް އިމާރާތުގެ ތެރެއަށް ވަދެފި އެވެ.

ދީނީ އިލްމުވެރިޔާ މުގްތަދާ އަަލް ސަދްރްގެ ސަޕޯޓަރުން މުޒާހަަރާ ކުރަމުން ދިޔައީ ބޮޑު ވަޒީރުގެ މަގާމަށް ނޮމިނޭޓް ކުރި ކެންޑިޑޭޓަކާ މެދު ހިތްހަަމަނުޖެހިގެންނެވެ.

ސަދްރްއަކީ ޝިއައީ މަޒްހަބުގެ އިލްމުވެރިޔެކެވެ. އޭނާ ވަނީ އެމެރިކާއިން އިރާގަށް އެރުމާ ދެކޮޅަށް ކުރިން އަޑު އުފުލާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕާލިމެންޓުން މީހުން ނެރުމަށް ފުލުހުން ވަނީ ބާރު ސްޕީޑުގައި ފެން ޖަހައި ކަަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އެ ވަގުތު ޕާލިމެންޓުގައި އެއްވެސް މެމްބަރަކު ނޫޅެ އެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކަދޭމީ ވަނީ މުޒާހަރާގެ ބައިވެރިން ޕާލިމެންޓް ދޫކޮށް ދިޔުމަށް ގޮވާލައްވާފަ އެވެ. އެ މީހުން ވަނީ މޭޒުތައް މައްޗަށް އަރައި، ނަށައި ލަވަ ކިޔައި ހަދާފަ އެވެ.

ސިޔާސީ ފެކްޝަންތަކުގެ އަރައިރުމާ ހެދި ފާއިތުވި ނުވަ މަހު ވެސް އިރާގުގެ އާ ސަރުކާރު އުފެއްދޭ ގޮތެއް ނުވި އެވެ.

ސަދްރް އާއި އޭނާގެ ސަޕޯޓަރުން މުޒާހަރާ ކުރަން ފެށީ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓް ކުރި މުހައްމަދު އަލް ސޫދާނީގެ ކެންޑިޑެސީއާ ދެކޮޅަށެވެ. އެ މީހުން ދެކޭ ގޮތުގައި އޭނާއަަކީ އިރާނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.