Advertisement

މިނިވަން ދުވަހުގެ މުނާސަބަތުގައި އަސްކަރީ ޕެރޭޑް ބާއްވައިފި

26 ޖުލައި 2022 - 19:22 0


މިނިވަން ދުވަހުގެ މުނާސަބަތުގައި އަސްކަރީ ޕެރޭޑް ބާއްވައިފި

26 ޖުލައި 2022 - 19:22 0

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން މިއަދު ހަވީރު ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހަވީރު 4:30 ހާއިރު ޖުމްހޫރީ މައިދާން ކައިރީން ފެށި އެ ހަރަކާތް ބައްލަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އިސްތިގުބާލު ކުރެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސްއަށް ރިޔާސީ ކުރުނީހެއް އަރުވާފަ އެވެ. އަދި، އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. މި ހަރަކާތް ނިންމާލީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންއިންނެވެ.

ރައީސް ސޯލިހްގެ ދެކަނބަލުންގެ އަރިހުގައި، ނައިބު ރައީސް ފައިސަލް ނަސީމް އާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އަދި، އާންމުންގެ ގިނަ ބަޔަކު ވެސް އެ ކުޅިވަރު ބަލަން ޕެރޭޑް ހުއްޓެން ހަމަޖެހިފައިވާ ސަރަހައްދުތަކަށް އެއްވެ ތިއްބެވެ.