Advertisement

ދުވާފަރުގައި ޒަކާތް ބެހިކަން ޔަގީން ކުރިން: އިސްލާމިކް މިނިސްޓްރީ

25 ޖުލައި 2022 - 21:17 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވަނީ. އެރަށު ކައުންސިލްގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައި ވާތީ، ޒަކާތުގެ ފައިސާ ބެހި ގޮތާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބެހިކަމަށް.


ދުވާފަރުގައި ޒަކާތް ބެހިކަން ޔަގީން ކުރިން: އިސްލާމިކް މިނިސްޓްރީ

25 ޖުލައި 2022 - 21:17 0

ރ ދުވާފަރު ކައުންސިލުން މިދިޔަ އަހަރުގެ ފިތުރު ޒަކާތާއި މިއަހަރުގެ މުދަލުގެ ޒަކާތް އޭގެ ހައްގުވެރިންނަށް ރައްދުކުރިކަން ކަށަވަރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދުވާފަރު ކައުންސިލަށް ޒަކާތުގެ ގޮތުގައި މީހުން ދެއްކި ފައިސާ ކައުންސިލަރެއްގެ އަމިއްލަ އެކައުންޓަށް ޖަމާވިކަމަށް އެލްޖީއޭގެ މޮނިޓަރިން ރިޕޯޓްގައި ބުނެފައި ވާތީ, ޒަކާތް އޭގެ ހައްގުވެރިންނަށް ރައްދުކުރި ކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.

އެގޮތަށް ފެތުރު ހަބަރުތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ދުވާފަރު ކައުންސިލުން ޒަކާތް ބެހުމަށް ފަހު އެކަމުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެ ރިޕޯޓް ފޮނުވީ މިނިސްޓްރީން އެންގި ތާރީހުގައި ކަމަށް ވެސް ބުންޏެވެ.

"މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިޠުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މި މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާކަމާއި އަދި މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ފާހަގަކުރެވެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށްގެންދަންޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް ހުރިހާ ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.