Advertisement

ގޫގްލް ފައުންޑަރުގެ އަންހެނުންނާ އެކު ލޯބީގެ ގުޅުމެއް ނުހިންގަން: މަސްކް

25 ޖުލައި 2022 - 11:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެލޮން މަސްކް: އޭނާއާ ނިކޯލް ޝަނަހަންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ހަބަރު ފެތުރުނީ އާދީއްތަ ދުވަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް


ގޫގްލް ފައުންޑަރުގެ އަންހެނުންނާ އެކު ލޯބީގެ ގުޅުމެއް ނުހިންގަން: މަސްކް

25 ޖުލައި 2022 - 11:38 0

ގޫގްލްގެ ކޯފައުންޑަަރު ސާގެއި ބްރިންގެ އަންހެނުން، ނިކޯލް ޝަނަހަން އާއި ޓެސްލާގެ ވެރިޔާ އެލޮން މަސްކްއާ ދެމެދު ލޯބީގެ ގުޅުމެއް ހިންގި ކަމަށް ފެތުރުނު ހަބަރުތައް މަސްކް ދޮގުކޮށްފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރި ގޮތުގައި މަސްކް އާއި ބްރިންއާ ދެމެދު އޮތް ގާތް އެކުވެރިކަން ނިމުނީ ބްރިންގެ އަންހެނުންނާ އެކު މަސްކް ލޯބީގެ ގުޅުމެއް ބޭއްވުމުންނެވެ.

ޓްވިޓާގައި ޕޯސްޓުކޮށްފައިވާ އެ ހަބަރުގެ ލިންކަކަށް ކުރި ކޮމެންޓުގައި މަސްކް ބުނީ އެއީ "ހުސް ދޮގު" ކަމަށެވެ. އޭނާ އާއި ބްރިންގެ އެކުވެރިކަމަށް ބަދަލެއް ނާންނަ ކަމަށާއި "ރޭގައި ވެސް ޕާޓީއެއްގައި އެކުގައި ވަގުތު ހޭދަކުރިން" ކަމަށް މަސްކް ބުންޏެވެ.

ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލަދީ ވޯލް ސްޓްރީޓް ޖާނަލްއިން ބުނީ މަސްކް އާއި ނިކޯލް ޝަނަހަންއާ ދެމެދު ގުޅުމެއް އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

އޭގެ ސަބަބުން މި އަހަރުގެ ކުރީކޮޅު ބްރިން ވަރިވާން ނިންމާ ކޯޓަށް ހުށަހެޅި ކަމަށާއި ދެ ބިލިއަނަރުންގެ އެކުވެރިކަން ނިމުމަކަށް އަައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެކަމަކު މަސްކް ބުނީ "ތިން އަހަރުގެ ތެރޭގައި ނިކޯލް ފެނުނީ އެންމެ ދެ ފަހަރު" ކަމަށާއި "އެ ދެ ފަހަރު ބައްދަލުވި އިރު ވެސް ކައިރީގައި އެތައް ބަޔަކު ތިބި" ކަމަށެވެ.

ނިކޯލް އަަދި ބްރިން. -- ފޮޓޯ: ސްޕްލޭޝް ނިއުސް


މަސްކްއަކީ މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނެވެ. ބްލޫމްބާގް ބިލިއަނަަރުންގެ އިންޑެކްސްގައިވާ ގޮތުން އޭނާގެ މުއްސަނދިކަމުގެ އަގު 240 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.

އެ އިންޑެކްސްގަައިވާ ގޮތުން ބްރިންގެ މުއްސަނދިކަމުގެ އަގަކީ 95 ބިލިއަން ޑޮލަރެވެ. އޭނާއަަކީ ދުނިޔޭގެ އަށް ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.