Advertisement

ސްޓެލްކޯ މުވައްޒަފުންނަށް ވިލިމާލޭގައި ފްލެޓުތަކެއް އަޅަނީ

24 ޖުލައި 2022 - 16:16 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ވިލިމާލޭ މަގުމަތި: ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ އާ މަޝްރޫއު އަޅާނީ ވިލިނގިލީގައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސްޓެލްކޯ މުވައްޒަފުންނަށް ވިލިމާލޭގައި ފްލެޓުތަކެއް އަޅަނީ

24 ޖުލައި 2022 - 16:16 0

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، ވިލިމާލޭގައި ފްލެޓު މަޝްރޫއުއެއް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ އާ މަޝްރޫއު އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ ޗެއާމަން ކަމަށް އަލަށް އައްޔަން ކުރެއްވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މުވައްޒަފުންނަށް ތައާރަފްކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ، އަދި [ބޯހިޔާވަހިމުގެ މަޝްރޫއު] އަޅުގަނޑުމެންގެ ބޯޑުގެ ލެވެލްގެ އެޕްރޫވަލްއަށް ތިރިކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ، އެ މަސައްކަތުގައި ތިބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުން،" ޝަރީފް ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ވިސްނާފައިވަނީ ވިލިމާލޭގައި ކަމަށް ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ޝަރީފް ނުދެއްވަ އެވެ.

ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ސްޓްލެކޯއިން އިއުލާނު ކުރުމާ ގުޅިގެން، ސަރުކާރު ކުންފުނިތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބިން ދޭން ރައްޔިތުންގެ ތާއީދު ނެތް ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.

"ވިލިމާލެއަކީ ބިންކުޑަ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއް، ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާ ނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދުނުކުރާނެ،" އުޝާމް ވިދާޅުވި އެވެ.

ސްޓެލްކޯއިން މިހާރު ވެސް އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަމުންނެވެ. އެ ފްލެޓުތައް ނިމި އަންނަ މަހުގެ ހަ ވަނަ ދުވަހު ހަވާލު ކުރާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.