Advertisement

ސްޓެލްކޯގެ ފްލެޓުތައް އަންނަ މަހު ހަޔެއްގައި ހަވާލުކުރަނީ

24 ޖުލައި 2022 - 15:20 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފޭސް ޓޫގައި ސްޓެލްކޯއިން އެޅި ފިޔަވަޅުތައް: ސްޓެލްކޯގެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނޭ-- ފޮޓޯ: އަދަދު


ސްޓެލްކޯގެ ފްލެޓުތައް އަންނަ މަހު ހަޔެއްގައި ހަވާލުކުރަނީ

24 ޖުލައި 2022 - 15:20 1

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތްކުރި ފްލެޓުތައް ގަތް މުވައްޒަފުންނާ އަންނަ މަހުގެ ހަ ވަނަ ދުވަހު އެ ތަންތަން ހަވާލުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ފްލެޓުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޝަރީފު ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހު އިއުލާނު ކުރައްވާފަ އެވެ.

އެގޮތުން، އަންނަ މަހުގެ ހަވަނަ ދުވަހު ފްލެޓް ލިބިފައިވާ މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަންނަ ތާރީހަކީ ހައެއް އޮގަސްޓު. އެ ދުވަހު އަޅުގަނޑުމެންގެ ތެރެއިން ފްލެޓް ލިބިފައިވާ ބޭފުޅުން މެންދުރު ފަރިކުޅުއްވަން ޖެހޭނީ ފްލެޓްގައި،" އޭނާ ވިދާޅުވި އެެވެ.

އެ ފްލެޓްތަކުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ މަހަކު 5622ރ. އަށެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ މަހަކު 10،356ރ. އާއި 10،652ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ޝަރީފް ވަނީ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވެސް ވަނީ ދެވަނަ ފިޔަވަހީގައި ފްލެޓު އިމާރާތްކޮށްފަ އެވެ.