Advertisement

ބޮޑު ހަރަދުކޮށްގެން ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލީ އެންމެ އަށް ޕަސެންޓު މީހުން

24 ޖުލައި 2022 - 11:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިއްޔެ ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން


ބޮޑު ހަރަދުކޮށްގެން ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލީ އެންމެ އަށް ޕަސެންޓު މީހުން

24 ޖުލައި 2022 - 11:49 0

ސ. ހިތަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ހުސް ވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ އަށް ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މެއި މަހުގެ ނިޔަލަށް 1.4 މިލިއަން އީސީން ވަނީ ހަރަދުކޮށްފަ އެވެ.

"ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 މީހުން ވޯޓުލާން، އެތައް ލައްކަ ރުފިޔާ ހަރަދު ކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިއީ އަވަސް ހައްލެއް ގެނައުން މުހިންމު ކަމެކެވެ.

އިންތިހާބުތަކަށް އީސީން ކުރާ ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކުރަނީ ވޯޓު ކަރުދާސް ޗާޕު ކުރުމަށެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މި ނޫހަށް މީގެ ކުރިން ހިއްސާ ކޮށްދެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިންތިހާބުތަކުގެ ޖުމުލަ ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަރަދު ހިނގަނީ ވޯޓު ކަރުދާސް ޗާޕު ކުރުމަށެވެ.

ފަހުން ބޭއްވުނު ބައި އިލެކްޝަންތަކަށް ބަލާނަމަ، އެއިިން ކޮންމެ އިންތިހާބަކަށް އެވްރެޖު ގޮތެއްގައި ވޯޓު ކަރުދާސް ޗާޕްކުރަން ގާތްގަނޑަަކަށް 150،000 ރުފިޔާއާއި 200،000 ރުފިޔާގެ ހަރަދެއް ހިނގަ އެވެ. އެގޮތުން ކޮންމެ ވޯޓު ކަރުދާހެއް ޗާޕްކުރަން 39 ރުފިޔާ ހޭދަވެ އެވެ.