Advertisement

ބަޔާނުން ކޭން ގެންދާ ވާހަކަ ދައްކާތީ ކޮންޓޭ ރަތަށް

24 ޖުލައި 2022 - 02:11 0


ބަޔާނުން ކޭން ގެންދާ ވާހަކަ ދައްކާތީ ކޮންޓޭ ރަތަށް

24 ޖުލައި 2022 - 02:11 0

ލަންޑަން (މެއި 24) - ބަޔާން މިއުނިކުން ރޮބަޓް ލެވަންޑޯސްކީ ނެތްތަނަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ގެންދަން އެ ވާހަކަ ދައްކަމުން އަންނަ ގޮތުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބަޔާންގެ ފޯވާޑް ލައިން ބެލެހެއްޓި ލެވަންޑޯސްކީ ވަނީ މި ފަަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ. ލެވަންޑޯސްކީ ނެތްތަނަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ބަޔާންގެ މެނޭޖްްމަންޓުން ބޭނުންވަނީ ކޭން ގެންދާށެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު، މެންޗެސްޓާ ސިޓީން ކޭން ގަންނަން ކުރި ބިޑްތައް ޓޮޓެންހަމުން އަނބުރާ ފޮނުވާލީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އެންގުމަށެވެ. ފަހުން، ޓޮޓެންހަމްގެ ކޯޗަކަށް ކޮންޓޭ އައި ފަހުން ކޭންގެ ކުޅުން ރަނގަޅުވިއިރު، އޭނާ ކްލަބް ދޫކޮށްލާ ވާހަކަތައް އޮތީ މަޑުޖެހިފަ އެވެ.

އެކަމަކު، ބާސެލޯނާ އިން ލެވަންޑޯސްކީ ގަތުމާ އެކު ބަޔާނުން އާ ފޯވާޑެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އެއް ވަނަ ޓާގެޓަކީ ކޭން ކަމަށް ޖަރުމަނުގެ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެ ވާހަކަތަކަށް ބާރު ލިބުނީ ބަޔާންގެ ސީއީއޯ، ކުރީގެ ކީޕަރު އޮލިވާ ހާން އާއި ކޯޗު ހޫލިއަން ނާގަލްސްމަން ކޭން އަށް ތައުރީފުކޮށް ޝައުގުވެރިވާ މޭރުމުން ވާހަކަ ދެއްކުމުންނެވެ.

ނާގަލްސްމަން ވަނީ ކޭން ބަޔާނަށް ބަދަލުވެއްޖެނަމަ ގިނަ ގޯލުތަކެއް ޖަހާނެ ކަމަށް ވެސް ބުނެފަ އެވެ.

ކޮންޓޭ ވަނީ ނާގަލްސްމަން އާއި ބަޔާނުން އެ ދައްކާ ވާހަަކަ އަކީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ބުނާ ބަސްތަކެއް ކަމަށް ބުނެފަ އެވެ.

"ތެދަށް ބުނާނަމަ އަހަރެން ތި ވާހަކަ ތަކެއް ނާހަން. އަހަންނަކީ އެއްވެސް އިރެއްގައި އެހެން ޓީމެއްގައި ހުރި ކުޅުންތެރިއެއްގެ ވާހަކަ ދައްކާނެ މީހެއްނޫން، ދެން، ނޭނގެ ތި ބުނާ ބަޔަކު އެހެން ޓީމެއްގައި ހުރި ކުޅުންތެރިއެއްގެ ވާހަކަ ދައްކަން ވީ ސަަބަބެއް، ތިއީ އަހަރެން ކުރާނެ ކަމެއް ނޫން،" ކޮންޓޭ ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި އެހެން ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއެއްގެ ވާހަކަ މާ ބޮޑަށް ދެއްކުމަކީ އެ ކްލަބަކަށް އިހުތިރާމް ކުޑަކުރުން،"

އަންނަ ބުރާސްފަތި ދުވަހު 29 އަހަރު ފުރޭ ކޭން މިހާތަނަށް ކްލަބް ލެވަލްގައި ތަށްޓެއްގައި އަތްލެވިފައިނުވެ އެވެ. އޭނާ ކްލަބް ބަދަލުކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ގަވާއިދުން ތަށްޓައް ވާދަކުރާ އަދި ތަށި ހޯދާ ޓީމަކަށް ކުޅުމަށާއި ޗެމްޕިއަންސް ލީގުގައި ގިނަ މެޗުތަކެއް ކުޅެވޭ ޓީމެއްގައި ކުޅެ ތަފާތު ދެއްކުމަށެވެ.

ކޭން ވަނީ ޓޮޓެންހަމަށް ކުޅެދިން 385 މެޗުން 247 ގޯލު ޖަހައި، 59 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.