Advertisement

އެމެރިކާގައި ދެ ކުޑަކުދިންނަށް މަންކީޕޮކްސް ޖެހިއްޖެ

24 ޖުލައި 2022 - 07:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަންކީޕޮކްސްއަށް ޕޮޒިޓިވް ސާމްޕަލްތަކެއް: މިއީ ދުނިޔޭގެ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ވަނީ ކަނޑައަޅާފައި. -- ފޮޓޯ: އޭއޭޕީ


އެމެރިކާގައި ދެ ކުޑަކުދިންނަށް މަންކީޕޮކްސް ޖެހިއްޖެ

24 ޖުލައި 2022 - 07:18 0

އެމެރިކާގައި ދެ ކުޑަކުދިންނަށް މަންކީޕޮކްސް ޖެހިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އެއް ކުއްޖަކީ ކެލިފޯނިއާއަށް ނިސްބަތްވާ ދެ އަހަރު ނުފުރޭ ކުއްޖެކެވެ. އަނެއް ކުއްޖާއަކީ އެމެރިކާ ރައްޔިތެއް ނޫން ނަމަވެސް، ވޮޝިންޓަންގައި ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށް ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުންޏެވެ.

ދެ ކުދިންގެ ހާލު ވެސް ރަނގަަޅު ކަމަށާއި ފަރުވާދެމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ. އެ ކުދިންނަށް ބަލި ޖެހުނު ގޮތް ތަހުގީގު ކުރަމުންދާ އިރު، ބޮޑަށް ބެލެވެނީ އާއިލާގެ އެހެން މީހެއްގެ ފަރާތުން ޖެހުނު ކަމަށެވެ.

މަންކީޕޮކްސްއަކީ ދޭތެރެ ދޭތެރެއިން އެފްރިކާގެ ބައެއް ގަައުމުތަކުން ފެންނަ ބައްޔެކެވެ. ނަމަވެސް އާއްމުކޮށް މި ބަލި ނުފެންނަ ގައުމުތަކުން، މި އަހަރުގެ މިހާތަނަށް 16،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާ އާއި ޔޫރަޕްގައި މި ބަލި ބޮޑަށް ފެތުރެމުން ދަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގަ އެވެ. އެކަމަކު މި ބަލި ކޮންމެ މީހަކަށް ވެސް ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެމެރިކާގައި ދެ ކުޑަކުދިންނަށް މަންކީޕޮކްސް ޖެހިފައިވާ އިރު، އޮފިޝަލުން ބުނީ އެ ގައުމުގައި މިހާތަނަށް ޖުމްލަ 2،800 ކޭސް ރިޕޯޓުކޮށްފައިވާ ކަމަަށެވެ. އޭގެ ތެރެއިން އަންހެނުން ހިމެނެނީ އެންމެ އަށް ކޭސްގަ އެވެ.

ޔޫރަޕްގައި މިހާތަނަށް ކުޑަކުދިންގެ ހިމެނޭ ހަ މަންކީޕޮކްސް ކޭސް ފާހަގަވެފައިވެ އެވެ. އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި މަންކީޕޮކްސް ކަނޑައަޅާފައި ވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ.