Advertisement

ޓީއެފްޖީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް

23 ޖުލައި 2022 - 21:52 0


ޓީއެފްޖީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް

23 ޖުލައި 2022 - 21:52 0

ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ 12 އަހަރުކުރިން 2010 ވަނަ އަހަރު އުފަންވި ޓީއެފްޖީގެ އަހަރީ ދުވަހާ ގުޅިގެން ޖުލައި 30، ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި "ފިޓްނެސް ގޭމްސް" ގެ ނަމުގައި ހާއްސަ ހަރަކާތެއް އެ ޖިމުން ބާއްވާނެ އެވެ.

މިއީ ރާއްޖޭގައި މިފަދަ ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ޖިމުން މައުލޫމާތު ދެ އެވެ. އެގޮތުން، ތަފާތު އެކި ގޭމްތައް އެ ދުވަހުގެ ހެނދުނު 07:00 އިން އިރުއޮއްސުމާ ހަމައަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ އެވެ.

މި ގޭމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި، ގޭމްތަކުން މޮޅުވާ މީހުންނަށް ހާއްސަ އިނާމުތަކެއް ވެސް ދޭން ހަމަޖެހިފައިވާ ކަމަށް ޓީއެފްޖީން މައުލޫމާތު ދެ އެވެ.

ބައިވެރިވުމަށް ލިމިޓެޑް ސްލޮޓްތަކެއް ހުރިއިރު ޓީއެފްޖީގެ ނަންބަރު 3000834 އަށް ގުޅުއްވައިގެން ބުކް ކުރެވޭނެ އެވެ.

އޭގެ އިތުރުން، 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ޓީއެފްޖީން ވަނީ ލޯގޯއެއް ވެސް އިފްތިތާހުކޮށްފަ އެވެ.