Advertisement

ބަންދުކޮށްގެން ގެންގުޅޭ އެންމެ މުސްކުޅި ފިރިހެން ޖަޔަންޓް ޕެންޑާ މަރުވެއްޖެ

21 ޖުލައި 2022 - 14:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަޔަންޓް ޕެންޑާ އަން އަން: އެ ޕެންޑާ މަރުވީ ހޮންކޮންގެ އެމިއުޒްމަންޓް ޕާކް ޒުލެއްގައި. -- ފޮޓޯ: އޯޝަން ޕާކް


ބަންދުކޮށްގެން ގެންގުޅޭ އެންމެ މުސްކުޅި ފިރިހެން ޖަޔަންޓް ޕެންޑާ މަރުވެއްޖެ

21 ޖުލައި 2022 - 14:18 0

ބަންދުކޮށްގެން ގެންގުޅޭ އެންމެ މުސްކުޅި ފިރިހެން ޖަޔަންޓް ޕެންޑާ ބުރާސްފަތި ދުވަހު ހޮންކޮންގެ އެމިއުޒްމަަންޓް ޕާކް ޒުލެއްގައި މަރުވެއްޖެ އެވެ.

އަން އަންގެ ނަަން ދީފަައިވާ ޕެންޑާ އޯޝަން ޕާކްގަައި މަރުވީ އިންޖެކްޝަން ޖަހައިގެން ނުވަތަަ ޔުތަނައިޒްކޮށްގެން އުމުރުން 35 އަހަރުގަ އެވެ. އެއީ އިންސާނުންގެ އުމުރުން ބަަލާ ނަމަ 105 އަަހަރެވެ.

އޯޝަން ޕާކްގެ އޮފިޝަލުން ބުނީ އިންޖެކްޝަން ޖަހައިގެން ޕެންޑާ މަރާލަން ނިންމީ، އޭގެ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވާން ފެށުމުން ކަމަށެވެ.

އޮފިޝަލުން ބުނީ އެ ޕެންޑާ ކެއުން މަދުވަމުން ގޮސް، އެންމެ ފަހު ދުވަސްކޮޅު އެއްކޮށް ކެއުން ހުއްޓާލައި ދިރިހުރީ ހަމައެކަނި ފެނާއި އިލެކްޓްރޮލައިޓް ބުއިންތަކުގެ އެހީގައި ކަމަށެވެ.

އޭގެ އިތުރުން ހަރަކާތްތެރިވުން މަދުވެ، އޮށޯވެގެން އޮންނަ ވަަގުތު ވަރަށް ބޮޑަށް އިތުރުވި އެވެ. އިންޖެކްޝަން ޖަހަން ނިންމީ ޕެންޑާާއަަށް ވަަމުން ދިޔަ އުނދަގޫތައް ނިމުމަކަށް ގެންނަން ކަމަށް އޮފިޝަލުން ބުންޏެވެ.

އަން އަން އާއި އެއާއެކު ދިރިއުޅޭ އަންހެން ޕެންޑާ ޖިއާ ޖިއާ ޗައިނާއިން ހޮންކޮންގަށް ހަދިޔާ ކުރީ 1999 ވަނަ އަހަަރު އެވެ.

އޯޝަން ޕާކްގަައި ގިނަ ބާވަތްތަކުގެ ޖަނަވާރު ބަންދުކޮށްގެން ގެންގުޅެ އެވެ. އޭގެ ތެރޭގައި ކޯމަހާއި ޕެންގުއިން ވެސް ހިމެނެ އެވެ. އެ ޕާކުގެ ބައެއް އަމަލުތަކަށް ކުރިން ފާާޑުކިޔުން އަމާޒުވި އެވެ.

ޗައިނާގެ ސިޗުއާންގެ ޖަންގައްޔަކަށް އުފަންވި އަން އަންއާ އެކުގައި އުޅުނު އަަންހެން ޕެންޑާ ޖިއާާ ޖިއާ މަަރުވީ 2016 ވަނަ އަހަރު އެވެ. އޭރު އޭތީގެ އުމުރުން 38 އަހަރެވެ.

އޯޝަަން ޕާކް ޒޫގައި އަދިވެސް ދެ ޕެންޑާ އުޅެ އެވެ. އެއީ ޔިންގް ޔިންގް އައި ލޭ ލޭ އެވެ. ޖަޔަންޓް ޕެންޑާގެ އެވްރެޖް އުމުރަކީ 20 އަހަރެވެ. ނަމަވެސް ބަންދުކޮށްގެން، އިންސާނުންގެ އެހީއާ އެކު އުޅޭ ނަމަ އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެ އެވެ.

ޕެންޑާއަކީ ޗައިނާގެ ގައުމީ ހަޒާނާއެކެވެ. ނަމަވެސް ބައެއް ގައުމުތަކާ އެކު އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ޕެންޑާ ހަދިޔާކުރެ އެވެ.