Advertisement

މެރިން އެކްސްޕޯ އޮގަސްޓު 11 އަށް ފަސްކޮށްފި

20 ޖުލައި 2022 - 15:01 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިދިޔަ އަހަރުގެ މެރިން އެކްސްޕޯގައި ބަހައްޓާފައި ހުރި ސްޓޯލެއް.


މެރިން އެކްސްޕޯ އޮގަސްޓު 11 އަށް ފަސްކޮށްފި

20 ޖުލައި 2022 - 15:01 0

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު، މޯލްޑިވްސް މެރިން އެކްސްޕޯ 2022، އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ފަށާ ގޮތަށް ފަސްކޮށްފި އެވެ.

މީގެކުރިން ނިންމާފައި އޮތީ އޮގަސްޓު 4 ގައި އެކްސްޕޯ ފެށުމަށެވެ. ނަމަވެސް، އެ ދުވަސް ފަސްކުރީ މޫސުމަށް ބެލުމަށްފަހު އެވެ.

އެގޮތުން، މީގެކުރިން އެކްސްޕޯ ބާއްވަން ނިންމާފައި އޮތް ދުވަސްތަކަކީ ވަރަށް ވައި ގަދަވާނެ ދުވަސްތަކެއް ކަމަށްވާތީ މޫސުމަށް ބެލުމަށް ފަހު އެކްސްޕޯ ފަސްކުރަން ސްޕޮންސަރުންނާއި އެގްޒިބިޓަރުން އެއްބަސްވެފައިވާ ކަމަށް އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މިއަހަރުގެ އެކްސްޕޯ ވެސް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި އަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ ވެސް މެއިން ސްޕޮންސަރު އެމްޓީސީސީ އެވެ. ކޯ ސްޕޮންސަރުންނަކީ ވެސް މިދިޔަ އަހަރުގެ ކޯސްޕޮންސަރުން ކަމުގައިވާ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.

ސްޕޮންސާރުންނާއި ޕާޓްނަރުން

  • މެއިން ސްޕޮންސަރު: އެމްޓީސީސީ
  • ކޯ-ސްޕޮންސަރު: ޖަލްބޫތު، ގަލްފް ކްރާފްޓު
  • އޮފިޝަލް ބޯޓް ބިލްޑަރު: އަލްޝާ މެރިން
  • ފިއުލް ޕާޓްނަރު: ހޯކްސް
  • އޮފިޝަލް ޕްރޮޑަކްޓް: މާކިއުރީ މެރިން އިންޖިން (ހަސަން މެރިން)
  • އޮފިޝަލް މެރިން އިންޖިން: ހޮންޑާ މެރިން (މެރިން ވައިބް)
  • އޮފިޝަލް ލުބްރިކަންޓް: ޝެލް (ވިލާ)
  • ވޯޓާ ސްޕޯޓްސް ޕާޓްނަރު: ސީގިއާ
  • އޮފިޝަލް ލޮޖިސްޓިކް ޕާޓްނަރު: ގޯ ލޮޖިސްޓިކްސް
  • މެރިން ޕެއިންޓް: އޯޝަން މާސްޓަ (ދަ މާސް)
  • ހޯސްޓް ޕާޓްނަރު: ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)
  • ލޯކަލް މީޑިއާ ޕާޓްނަރު: އަދަދު
  • ޓެބްލޮއިޑް ޕާޓްނަރު: އައިލެންޑް ޗީފް
  • ކޭޓަރިން ޕާޓްނަރު: ލެމަން ގްރާސް
  • ޕްރިންޓް ޕާޓްނަރު: އެމް ސެވަން

މެރިން އެކްސްޕޯ މުހިންމު ވަނީ ކީއްވެ؟

މެރިން އެކްސްޕޯ އަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.

ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެ އެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަ ސްޕޯޓްސް އާއި ލޮޖިސްޓިކްސް ހިމެނެ އެވެ