Advertisement

މަޖިލީހުގެ ސައިގެ ހަރަދު ކުޑަވެއްޖެ

19 ޖުލައި 2022 - 15:25 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުން ސަޔަށް ކުރާ ހަރަދު 2019 ވަނަ އަހަރުން ފެށިގެން އަންނަނީ ކުޑަވަމުން


މަޖިލީހުގެ ސައިގެ ހަރަދު ކުޑަވެއްޖެ

19 ޖުލައި 2022 - 15:25 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ދުވަސްތަކުގައި ސައިދޭން، މަޖިލީހުން ކުރާ ހަަރަދު 2019 ވަނަ އަހަރުން ފެށިގެން ކުޑަވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަޖިލީހުން "އަދަދު" އާ ހިއްސާކުރި ހިސާބުތަކުން ދައްކާ ގޮތުގައި މެމްބަރުންގެ ސަޔަށް، 2019 ވަނަ އަހަރު 3.04 މިލިޔަން ރުފިޔާ އެވެ. މަޖިލީހުގައި އަހަރަކު ތިން ދައުރު އޮންނަ އިރު ދައުރަކީ ތިން މަސް ދުވަހެވެ. އެ ނިސްބަތުން ބަހާލާ ނަމަ މެމްބަރުންގެ ސަޔަށް ހަރަދުވި ފައިސާ ބަހަން ޖެހޭނީ ތިން މަސް ދުވަހަށެވެ.

ދައުރެއްގެ ހުރިހާ ދުވަހެއްގައި މެމްބަރުން މަޖިލީހަށް ވަޑައިގެން، ބައްދަލުވުންތައް ބޭއްވި ކަމަށް ބަލާ ނަމަ 2019 ވަނަ އަހަރު ސަޔަށް ހަރަދުކޮށްފައި ވަނީ ދުވާލަކަށް މެމްބަރަކަށް ގާތްގަނޑަކަށް 129 ރުފިޔާގެ ރޭޓުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން، ޖަލްސާތަކުގެ އަދަދު މަދުވި ނަމަވެސް 2020 ވަނަ އަހަރު މަޖިލީހުގެ ސަޔަށް ކުރި ހަރަދު ނިސްބަތުން ބޮޑެވެ. އެ އަހަރު 2.4 މިލިޔަން ރުފިޔާ މެމްބަރުންގެ ސަޔަށް ހަރަދުވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކަ އެވެ.

އެހެން ޖަލްސާތަކާއި ގިނަ އަދަދެއްގެ ކޮމިޓީ ބައްދަލުވުންތަކެއް ބޭއްވި 2021 ވަނަ އަހަރު ވެސް މަޖިލީހުގެ ސަޔަށް ހަރަދުވެފައި ވަނީ 2.9 މިލިޔަން ރުފިޔާ އެވެ.

މިއަހަރުގެ ދެ ދައުރު ނިމުނު އިރު މެމްބަރުންގެ ސަޔަށް ހަރަދުވީ 1.07 މިލިޔަން ރުފިޔާ އެވެ.