Advertisement

ކްލެމެންސީ ބޯޑަށް މިއަހަރު ހުށަހެޅި 62 ޕަސެންޓު މައްސަލަ ނިންމައިފި

19 ޖުލައި 2022 - 10:55 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު-- ފޮޓޯ: މަޖިލިސް


ކްލެމެންސީ ބޯޑަށް މިއަހަރު ހުށަހެޅި 62 ޕަސެންޓު މައްސަލަ ނިންމައިފި

19 ޖުލައި 2022 - 10:55 0

ކްލެމެންސީ ބޯޑަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 62 ޕަސެންޓު މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް އުފައްދަވާފައިވާ ބޯޑެކެވެ. އެ ބޯޑުގެ ރައީސަކީ އެޓާނީ ޖެނަރަލް އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ބޯޑަށް 257 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 161 މައްސަލަ ވަނީ ބަލައި ނިންމާފަ އެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތަފާތު އެކި ސަބަބުތަކާ ގުޅިގެން 23 މައްސަލައެއްގެ ފޯމު ކެންސަލް ކުރިއިރު، 73 މައްސަލަ އަދި ނުނިމިވެ އެވެ.

ކްލެމެންސީ ބޯޑުން މިދިޔަ އަހަރު ވަނީ ރެކޯޑު އަދަދެއްގެ މައްސަލަ ބަލައިފަ އެވެ. އެގޮތުން، އަހަރު ފެށުނު އިރު ބޯޑުގައި ހުރި މައްސަލަތަކާއި، މިދިޔަ އަހަރުގެ ތެރޭގައި ހުށަހެޅި މައްސަލަތަކާއެކު ޖުމްލަ 948 މައްސަލަ ބޯޑުން ކުރިއަށް ގެންދިޔައިރު، އޭގެ ތެރެއިން 609 މައްސަލަ ވަނީ ނިންމާފަ އެވެ.