Advertisement

މާންދޫ މަސްފެކްޓްރީ، މަސްވެރިންނާ ގާތުން

18 ޖުލައި 2022 - 14:51 0


މާންދޫ މަސްފެކްޓްރީ، މަސްވެރިންނާ ގާތުން

18 ޖުލައި 2022 - 14:51 0

މަހަށް ހަމަ އަގު ނުލިބުމަކީ މަސްވެރިންގެ އާއްމު ޝަކުވާ އެކެވެ. އެއަށް ވުރެ ވެސް ބޮޑު ޝަކުވާ އަކީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، ބާނާ ހުރިހާ މަހެއް ކިރޭ ގޮތް ނުވުމެވެ. މަސްގަންނަ އެހެން ކުންފުނިތަކެކޭ އެެއްފަދައިން ހޮރައިޒަން ފިޝަރީޒްއަށްވެސް މި ނުރުހުން އަމާޒުވެ އެވެ.

މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުުރުމާއި އެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދުމުގައި ހޮރައިޒަން ފިޝަރީޒް ފަދަ ކުންފުނިތަކަށް ކުރިމަތިވާ މައްސަލަތަކެއް އެހެން ނަމަވެސް މަސްވެރިންނަކަށް ނޭނގެ އެވެ. ހޮރައިޒަން އިން ބުނި ގޮތުގައި ވެލިއުއެޑެޑް އުފެއްދުންތައް އިތުރުކުރަން އެކުންފުނިން ކުރި ބޮޑު އިންވެސްޓްމަންޓުން ދެއްކީ ގެއްލުމެވެ. މި ގެއްލުމުން ލިބުމުގެ އެއް ސަބަބަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނުނަގާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުން ހިމެނެއެވެ.

މާންދޫ މަސްފެކްޓްރީގައި މަސް ކިރުމުގެ ކަންކަން ކުރިއަށްދަނީ. ދުވާލަކު 80 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އެ ފެކްޓްރީގައި އެބަހުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވެލިއު އެޑެޑް އުފެއްދުންތައް އިތުރުކުރުމަށް ޓަކައި ފްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ވިލާ ކުންފުނިން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވަނީ 100 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެހެން ނަމަވެސް އީޔޫގެ ގައުމުތަކަށް އެެކްސްޕޯޓްކުރާ އުފެއްދުންތަކުން ބޮޑުކޮށް ޑިއުޓީ ނަގަން ފެށުމުން، މާންދޫގެ ފުލް ކެޕޭސިޓީގައި މަސް ޕްރޮސެސް ކުރުމުގެ ބޭނުން ވަނީ ކެނޑިގެން ގޮސްފަ އެވެ. އެއީ ދެން ހުރި މާކެޓްތަކުގެ ޑިމާންޑް ދަށްކަމުންނާއި އަގު ދަށްކަމުންނެވެ. އީޔޫ ގައުމުތަަކަށް ރާއްޖޭން އެކްސްޕޯޓްކުރާ އުފެއްދުންތަކުން ބޮޑުކޮށް ޑިއުޓީ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ތަރައްގީވަމުން އަންނަ ގައުމެއްގެ ދަރަޖަ ލިބުމުންނެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް "އަދަދު"ގެ ނޫސްވެރިން ކުރި ދަތުރުގައި އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަހީމް ވިދާޅުވި ގޮތުގައި 80 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ހުރި ނަމަވެސް މާންދޫގައި މިހާރު ބޭނުންކުރަމުން އަންނަނީ އެ ގާބިލުކަމުގެ އެންމެ 45 ޕަސެންޓެވެ.

އޭގެ ސަބަބުތައް ގިނަ އެވެ. އެއް ކަމަކީ ރާއްޖޭގައި މަސް ގަންނަން ޖެހެނީ މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ކަމަށް ވުމެވެ. މީގެ މާނައަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އުފެއްދުންތަކުގެ އަގު ކިތަންމެ ދަށް ވިޔަސް ރާއްޖޭގެ މަސްވެރިންގެ އަތުން މަސް ގަންނަން ޖެހޭ އަގު ދަށް ކުރެވެން ނެތުމާއިއެކު އެހެން ގައުމުތަކުން މަސްވިއްކާ އަދަދު މިއަށް ވުރެން 'ޕްރައިސް ސެންސިޓިވްކޮށް' ގެންގުޅުމެވެ.

"އަދަދު"ގެ މި ވީޑިއޯގައި ގެނެސްދީފައި ވާނީ މިވާހަކަތަކާއި ހޮރައިޒަން ފިޝަރީޒްގެ މާންދޫ ކޮމްޕްލެކްސްގެ މާންދޫގެ އޮޕަރޭޝަނުގެ އިތުރު އެތައް ތަފްސީލެކެވެ.