Advertisement

ޔަމަނުގެ ވަގުތީ ސުލްހަ ދިގުދަންމަން އެއްބަހެއް ނުވާނަން: ހޫތީން

18 ޖުލައި 2022 - 15:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން: އެ މީހުންނަށް އެއްބާރުލުން ދެނީ އިރާނުން. -- ފޮޓޯ: ސިއާސަތު


ޔަމަނުގެ ވަގުތީ ސުލްހަ ދިގުދަންމަން އެއްބަހެއް ނުވާނަން: ހޫތީން

18 ޖުލައި 2022 - 15:08 0

ޔަމަނުގެ ހަތް އަހަރުވީ ދާހިލީ ހަނގުރާމައިގައި މިހާރު ގާއިމުކޮށްފައި އޮތް ވަގުތީ ސުލްހަ ދިގުދަަންމަން އެއްބަސް ނުވާނެ ކަމަށް ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.

ހޫތީން އެގޮތަށް ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ދާދި ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ.

"އެމެރިކާގެ ރައީސް މި ސަރަހައްދަށް ކުރެއްވި ދަތުރުން ނުކުންނަ، ޔަމަނުގެ އިސްތިގްލާލާއި، ސަލާމަތާއި، ހަމަޖެހުމާ ގުޅޭ އެއްވެސް ނަތީޖާއެއް ބަލައިނުގަންނާނަން،" ހޫތީންގެ ސިޔާސީ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބައިޑެން އާއި ސައުދީ ވެރިންނާ ދެމެދު ބޭއްވެވި ބައްދަލުވުމަށް ފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި ބުނީ ޔަމަނުގެ ވަގުތީ ސުލްހަ ދިގުދަަންމަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އޭގެ އިތުރުން އދ. މެދުވެރިވެ ހަނގުރާމަ ނިމުމަކަށް ގެންނަަން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ވެސް ސައުދީ އަރަބިއްޔާގެ ސަރުކާރު ތައްޔާރު ކަމަށް ވަައިޓް ހައުސްއިން ބުންޏެވެ.

ޔަމަނުގެ ހަނގުރާމަ ވަގުތީ ގޮތުން މެދުކަަނޑާލީ އެޕްރީލް މަހު އެވެ. އޭގެ ދެ މަސް ފަަހުން، މިދިޔަ ޖޫން މަހު ވަގުތީ ސުލްހައިގެ މުއްދަތު އިތުރު ދެ މަހަށް ދިގުދަންމަން އެއްބަސްވި އެވެ.