Advertisement

ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ ޖަލު އަދަބު ތިން މަހަށް ބޮޑުކޮށްފި

17 ޖުލައި 2022 - 13:10 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު ސަރަހައްދު: ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ އަދަބު ތިން މަހަށް ބޮޑުކޮށްފި - ފޮޓޯ: އަދަދު


ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ ޖަލު އަދަބު ތިން މަހަށް ބޮޑުކޮށްފި

17 ޖުލައި 2022 - 13:10 0

ކޯޓުގެ ހުރުމަތް ކެނޑެމުން އެމީހަކަށް ދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ބޮޑުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކުރިން ގާނޫނުގައި އޮންނަ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުން އޮންނަ އަދަބަކީ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 10،000 ރުފިޔާއަށް ވުރެ ގިނަ ނޫން އަދަދަކުން އެމީހަކު ޖޫރިމަނާ ކުރުމަށެވެ.

ރައީސް ތަސްދީގު ކުރެއްވުމުން ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ އިސްލާހުގައިވާ ގޮތުން އެ ކަމަށް ކަނޑައެޅިފައިވާ އަދަބަކީ ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލުގައި ބަންދު ކުރުމެވެ.

ބިލުގައިވާ ގޮތުން ބިލު ތަަސްދީގު ކުރާ ދުވަހުން ފެށިގެން ބިލުގައިވާ އިސްލާހުތަކަށް އަމަލު ކުރަން ފަށަން ޖެހޭނެ އެވެ. އެހެންކަމުން މިއަދުން ފެށިގެން އެ އިސްލާހަށް އަމަލު ކުރާނެ އެވެ.

ގާނޫނުގައި ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް ބަޔާން ކޮށްދީފައި ވެސް ވެ އެވެ. މި ގޮތުން ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުތުމާއި ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވުން ފަދަ އަމަލުތަކާއި ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.