Advertisement

ތިން އަހަރަށްވުރެ ގިނަ ދުވަސްވީ 158 މައްސަލައެއް ހައި ކޯޓުގައި

12 ޖުލައި 2022 - 16:20 1


ތިން އަހަރަށްވުރެ ގިނަ ދުވަސްވީ 158 މައްސަލައެއް ހައި ކޯޓުގައި

12 ޖުލައި 2022 - 16:20 1

ހައި ކޯޓުގައި ނުނިމި ދިގުލައިގެން ގޮސް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ 158 މައްސަލައެއް އޮތް ކަން އެ ކޯޓުން ބުނެފި އެވެ.

ހައި ކޯޓުން "އަދަދު"އަށް ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ 158 މައްސަލައިގެ ތެރޭގައި ގިނައީ މަދަނީ މައްސަލަތަކެވެ. އެ ގޮތުން މަދަނީ 116 މައްސަލައެއް ހިމެނެ އެވެ. އެއީ ޖުމުލަ މައްސަލަތަކުގެ ގާތްގަނޑަކަށް 73.41 ޕަސެންޓް އެވެ.

ދެހާސްނަވާރަވަަނަ އަަހަރުގެ ކުރިން ހައިކޯޓަށް ހުށަހަޅާ އަދި ނުނިމި ހުރި އެ މައްސަލަތަކުގެ ތެރޭގައި ދެން ހިމެނެނީ ޖިނާއީ 31 މައްސަލައަކާއި، ވަފީޒާއާ ގުޅުން ހުރި އަށް މައްސަލައަކާއި، ޓެކްސްއާ ގުޅުން ހުރި ދެ މައްސަލައެއްގެ އިތުރަށް މައުލޫމާތު ލިބިގަތުމާ ގުޅޭ އެއް މައްސަލައެކެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކުގެ ތެރޭގައި ގިނައީ 2019 ވަަނަ އަހަރު ހުށަހެޅި މައްސަލަތެކެވެ. އެ އަހަރު ހުށަހެޅި 142 މައްސަލައެއް އަދި ނުނިމި އެބަ އޮތެވެ. 2017 ގައި ހުށަހެޅުނު ދެ މައްސަލައެއް އަދި 2018 ގައި ހުށަހެޅުނު 16 މައްސަލައެއް ނުނިމި އެބަ އޮތެވެ.

އޭގެ އިތުރުން ހައި ކޯޓުގައި މިހާތަނަށް ނުނިމި 726 މައްސަލައެއް އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ ތެރޭގައި ވެސް ގިނައީ މަދަނީ މައްސަލަތަކާއި ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން، މަދަނީ 387 މައްސަލައަކާއި ވަޒީފާގެ 187 މައްސަލައެއް އަދި ނުނިމި އެބަ އޮތެވެ. އެއީ ނުނިމި ހުރި މައްސަލަތަކުގެ ގާތްގަނޑަކަށް 78 އިންސައްތަ އެވެ.

ދެން ހިމެނެނީ ޖިނާއީ 109 މައްސަލައަކާއި، މައުލޫމާތު ހޯދުމާއި ލިބިގަތުމާ ގުޅޭ ނުވަ މައްސަލައަކާއި، ޓެކްސްއާ ގުޅުން ހުރި 17 މައްސަލައަކާއި، އާއިލީ 13 މައްސަލައަކާއި، ދުސްތޫރީ ދެ މައްސަލައެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު، ޝަރީއަތުގެ ކުރީގެ މަރުހަލާގެ ބައެއް ނިންމުންތައް ހައިކޯޓަށް ހުށަހަޅާއިރު އެ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެފަދަ 192 މައްސަލައެއް ހުށަހެޅި އެ މުއްދަތުގެ ތެރޭގައި ނިންމާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.