Advertisement

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ ސިފައިން ހަރަކާތްތެރިވެއްޖެ

7 ޖުލައި 2022 - 14:18 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ ދިފައިން ހަރަކާތްތެރިވަނީ


އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ ސިފައިން ހަރަކާތްތެރިވެއްޖެ

7 ޖުލައި 2022 - 14:18 0

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:58 ހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފާށަފައިވާ ކަމަށެވެ. އެގޮތުން ކެމިކަލް ލީކުވަމުންދާ ކޮންޓެއިނަރު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިފައިން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނި ގޮތުގައި 48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން ކަމަށް އެ ސަރަހައްދު ބެލިބެލުމުންނެވެ. ކޮންޓެއިނަރުން ލީކުވަމުންދަނީ ހައިޑްރޮޖެން ޕެރޮކްސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.