Advertisement

ޔޫކޭއިން ފައިމަގުގައި ސައުދީއަށް ދިޔަ މީހަކު ހައްޖު ކުރަނީ

7 ޖުލައި 2022 - 05:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކައުބަތުﷲ ގެފުޅު. -- ފޮޓޯ: ނިއުސް24


ޔޫކޭއިން ފައިމަގުގައި ސައުދީއަށް ދިޔަ މީހަކު ހައްޖު ކުރަނީ

7 ޖުލައި 2022 - 05:56 0

ހައްޖުގެ އަޅުކަމަށް މި ހަަފްތާގައި ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި އެތައް ހާސް މުސްލިމުންގެ ތެރެއިން، އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އިންޖިނިއަރު އާދަމް މުހައްމަދަކީ ފާހަގަކުރެވޭ ތަފާތު މީހެކެވެ. އިރާގުގެ ކުރުދީ ދަރިކޮޅުން އައިސްފައިވާ މުހައްމަދު ހައްޖު ކުރަން ނިޔަތް ނަގެ، ފައިމަގުގައި ދަތުރު ފެށީ މައްކާއާ ހަތް ހާސް ކިލޯމީޓަރު ދުރުން މީގެ 11 މަސް ކުރިންނެވެ.

އިނގިރޭސިވިލާތުން ފައިމަގުގައި ފެށި ދަތުރުގެ ތެރެއިން އޭނާ ވަނީ ނުވަ ގައުމު ހުރަސްކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރު ތާބުކް އަވަށަށް އެތެރެވީ އުރުދުންގެ ބޯޑަރު ހުރަސްކޮށްފަ އެވެ. މީގެ 11 މަސް ކުރިން އޭނާ ފައިމަގުގައި ދަތުރު ފެށީ ކާބޯތަކެއްޗާއި ބޭނުންވާ އެހެން ތަކެތި ފުރޮޅުލީ ވަށިގަނޑަކަށް އަޅައިގެންނެވެ. ދަަތުރު ފެށި އިރު، ހައްޖުވުމުގެ ހުއްދަ ލިބޭނެ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ފާއިތުވި ދެ އަހަރު އެހެން ގައުމުތަކުން އަންނަ މީހުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ހުއްދައެއް ސައުދީ ސަރުކާރުން ނުދެ އެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހު އިއުލާނު ކުރި ގޮތުގައި އެހެން ގައުމުތަކުގެ 850،000 މީހުންނަށް މި ފަހަރު ހައްޖު ކުރެވޭނެ އެވެ. ޖުމްލަ އެ ފުރުސަތު ލިބޭނީ ސައުދީގައި ތިބި މީހުންނާ އެކު އެއް މިލިއަން މީހުންނަށެވެ.

މިހާރު މުހައްމަަދު ރައްކާތެރިކަމާ އެކު މައްކާގައި ހުރި އިރު، އޭނާ ދަތުރު ފެށި އިރަށް ވުރެ 13 ކިލޯ ލުއިވެއްޖެ އެވެ. ހައްޖު ކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތި ހިނގާފައި ކުރި ދަަތުރާ މެދު އޭނާ ހިތްހަމަޖެހެ އެވެ.

"މި ތަނަަށް އާދެވުމުން އަހަންނަށް ރޮވުނު. މިއީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް،" އޭނާ އޭއެފްޕީއަށް ބުންޏެވެ.

"އަހަރެން ދަތުރު ކުރި އިރު ވަރަށް ވަރުބަލިވި. އެހެންވެ، ވަރަށް ގިނަަ ތަންތަނުގައި މަޑު ކުރަން ޖެހުނު. އެކަމަކު އަހަރެން އަޒުމު ކަނޑައެޅީ އެންމެ ކަމަކަށް. މިހާރު އަހަރެންގެ އުމުރުން 53 އަހަރު. އެހެންވީމާ، ﷲ ގެ ގެފުޅާ ހަމައަށް ދިޔުމަށް ހަޔާތުން 11 މަސް ހޭދަ ކުރުން އެއީ އެއްވެސް ކަމެއް ނޫން. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް."

މުހައްމަދު ބުނީ ސައުދީ އަރަބިއްޔާއިން އޭނާ އާއި އޭނާގެ އަަންހެނުން އަދި ދެ އަންހެން ދަރިން ހައްޖުވުމަށް ހާއްސަ ހުއްދައެއް މިހާރު ދީފައިވާ ކަމަށެވެ. އޭނާގެ އާއިލާއަށް ހުއްދަ ލިބުމުން ސައުދީއަށް ދަތުރު ކުރީ ވައިގެ މަގުންނެވެ.