Advertisement

އެމެރިކާގެ މިނިވަން ދުވަހުގެ ޕެރޭޑުގައި ބަޑި ޖެހި މީހަކު ހައްޔަރުކޮށްފި

5 ޖުލައި 2022 - 13:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ކޭއެކްސްއޭއެސް ޓީވީ


އެމެރިކާގެ މިނިވަން ދުވަހުގެ ޕެރޭޑުގައި ބަޑި ޖެހި މީހަކު ހައްޔަރުކޮށްފި

5 ޖުލައި 2022 - 13:59 0

އެމެރިކާގެ އިލިނޮއި ސްޓޭޓުގެ ހައިލޭންޑް ޕާކުގައި ހޯމަ ދުވަހު ކުރިއަށް ދިޔަ މިނިވަން ދުވަހުގެ ޕެރޭޑުގައި ބަޑި ޖަހައި، ހަ މީހުން މަރާލި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި އުމުރުން 22 އަހަރުގެ ރޮބަޓް އީ ކްރިމޯ ހައްޔަރު ކުރީ ފިލަން މަސައްކަތް ކުރަނިކޮށެވެ.

ރޮބަޓް އީ ކްރިމޯ.


ޖުލައި ހަތަރު ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހާ ދިމާކޮށް ބޭއްވި ޕެރޭޑް ބަލަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް އޭނާ ވަނީ ފުރާޅެއްގެ މައްޗަށް އަރައި، ރައިފަލް ބަޑިއެއް ބޭނުންކޮށްގެން ހަމަލާ ދޭން ފަށައިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 2022 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާގައި ބަޑި ޖެހުމުގެ މިފަދަ ހާދިސާއެއް ނުހިނގާ އެންމެ ހަފްތާއެއް ވެސް ނުދެ އެވެ. ރައީސް ޖޯ ބައިޑެން ވަަނީ ހޯމަ ދުވަހުގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެ ހާދިސާ ހިނގިތާ ގަޑިއިރުތަކެއް ފަހުން ފިލަޑެލްފިއާގައި ހަވާ އަރުވަނިކޮށް ވެސް ބަޑި ޖެހުމުގެ އިތުރު ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި ދެ ފުލުހުންނަށް އަނިޔާވި އެވެ.