Advertisement

އެސްއެމްއީތަކުގެ ފޮޓޯއަށް ހާއްސަ މުބާރާތެއް އެސްޑީއެފްސީން ބާއްވަނީ

4 ޖުލައި 2022 - 16:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭގައި ހިންގަމުން އަންނަ މަގުކޮޅު ހޮޓާ. މިފަދަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެ --- ފޮޓޯ: އަދަދު ފައިލް


އެސްއެމްއީތަކުގެ ފޮޓޯއަށް ހާއްސަ މުބާރާތެއް އެސްޑީއެފްސީން ބާއްވަނީ

4 ޖުލައި 2022 - 16:03 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ފޮޓޯ ހިއްސާކޮށްގެން އިނާމު ލިބޭ ހާއްސަ މުބާރާތެެއް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ފަށައިފި އެވެ. މި ލިންކު މެދުވެރިކޮށް މުބާރާތުގައި ރެޖިސްޓްރީ ކުރެވޭނެ އެވެ.

މި މަހުގެ 26 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ހިއްސާކުރަން ޖެހެނީ ޕަބްލިކް ސޯޝަލް މީޑިއާ އެކައުންޓެއްގަ އެވެ. އަދި، ClickMSMEs# ފޮޓޯތަކުގެ ކެޕްޝަންގައި ޖަހަން ޖެހެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހިއްސާކުރަން ޖެހެނީ ލޯކަލް ޓޫރިޒަމް، ދަނޑުވެރިކަން، މަސްވެރިކަން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި މެނުފެކްޗަރިން ގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ފޮޓޯ އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އެއްވަނަ އަށްދާ މީހަކަށް 10،000ރ. ދޭއިރު ދެވަނައަށް ދޭން ނިންމާފައި ވަނީ 7،000ރ. އެވެ. ތިންވަނަ އަށް ދޭނީ 5،000ރ. އެވެ.

މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު 10 ފޮޓޯ އާންމުންގެ ވޯޓަށް ހުޅުވާލާނެ އެވެ. އަދި، ވަނަތައް ހޮވާނީ ޖަޖުންގެ ޕެނަލުން ދޭ މާކްސްގެ 50 ޕަސެންޓާއި އާންމުންގެ ވޯޓުން ލިބޭ 50 ޕަސެންޓު އެއްކޮށްގެންނެވެ.