Advertisement

ނުކުޅެދުންތެރިކަން ހުންނަ އަންހަނެއް ރޭޕް ކުރި ދެ މީހަކު 15 އަހަރަށް ޖަލަށް

3 ޖުލައި 2022 - 22:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ނުކުޅެދުންތެރިކަން ހުންނަ އަންހަނެއް ރޭޕް ކުރި ދެ މީހަކު 15 އަހަރަށް ޖަލަށް

3 ޖުލައި 2022 - 22:11 0

އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅައި، 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ދެހާސްވިހި ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި ދައުވާކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަހްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުންނެވެ.

އެއާއެކު ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އެ ދެ މީހުންގެ މައްޗަށް ވެސް ކުށުގެ ދައުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ދެ މީހުން ވެސް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.