Advertisement

ގެއްލުންވި ފަރުތައް ރަނގަޅުކުރަން އީޕީއޭއަށް 53 މިލިއަން ރުފިޔާ ދީފި

3 ޖުލައި 2022 - 12:34 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލެ އަތޮޅު ރަސްފަރީ ފަރަށް އުރުނު ބޯޓު. ބޯޓުފަހަރު އުރިގެން ގެއްލުން ލިބުނު ފަރުތައް ރަނގަޅުކުރަން އީޕީއޭއަށް ވަނީ 53 މިލިޔަން ރުފިޔާ ދީފައި.


ގެއްލުންވި ފަރުތައް ރަނގަޅުކުރަން އީޕީއޭއަށް 53 މިލިއަން ރުފިޔާ ދީފި

3 ޖުލައި 2022 - 12:34 1

އުޅަނދުތައް އުރުމުގެ ސަބަބުން ގެއްލުންވެފައިވާ ފަރުތައް ރަނގަޅުކުރުމަށް ޓަކައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ސަރުކާރުން 53 މިލިއަން ރުފިޔާ ދީފި އެވެ.

އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީސް "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ގެއްލުން ލިބުނު ފަރުތަކުގައި އަލުން މުރަކަ އާލާކޮށް ދިރުވުމުގެ މަސައްކަތަށް އުފެއްދި "ރެސްޓޮރޭޝަން ޓްރަސްޓް ފަންޑް" އަށް 53 މިލިއަން ރުފިޔާ ދިނީ، ފަރުތަކަށް އުޅަނދުތައް އުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާ ފައިސޭގެ ތެރެއިން ކަމަށެވެ.

ނައީމް ވިދާޅުވި ގޮތުގައި ރެސްޓޮރޭޝަން އަށް ލިބުނު ފައިސާއިން ފުރަތަމަ ކުރާނެ މަސައްކަތަކީ މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އުރުމުގެ ސަބަބުން ގެއްލުން ލިބުނު ސަަރަަހައްދުގައި އަލުން މުރަކަ އާލާކުރުމުގެ މަސައްކަތެވެ.

"ރެސްޓޮރޭޝަން ޓްރަސްޓް ފަންޑު ބޯޑު ހަދައިގެން ވާކް ޕްލޭނަކާއި ޕްރޮކިއުމަންޓް ޕްލޭނެެއް ހަދައިގެން، ރަސްފަރީގެ ފަރު އާލާކުރުމުގެ މަސައްކަތްތައް ފަށައިގަންނަން ތައްޔާރުވެފައި އޮތީ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭއަށް 53 މިލިއަން ރުފިޔާ ދިން އިރު، ފަރުތަކަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

މުރަކަ އާލާކުރުމުގެ މަސައްކަތް ކުރާ ގޮތް

ނައީމް ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ސަރަހައްދު އަލުން ރަނގަޅުކުރުމަށް ޓަކައި ކުރާނެ ފުރަތަމަ ކަމަކީ އެ ސަރަހައްދު ސާފުކުރުމެވެ. އީޕީއޭއަށް ދިން ފައިސާއިން ބައެއް ހަރަދުކުރާނީ އެ މަސައްކަތް ކުރުމަށް ޓަކައި ބޭނުންވާ ޑައިވިން އިކުއިޕްމަންޓްތަކާއި އެހެނިހެން އާލާތްތައް ގަތުމަށެވެ.

"އެތަން ފުރަތަމަ ގޮސް، އެތާ ހުރި ލޫސް ގާތަކާ އެއްޗިހި ދުރަށް ޖައްސާލާފައި، ފަރު ތޮރުފައިގެން، މޮހަރު ޖަހައިގެން އެތާ ކައިރިން ގާކޮޅޮކޮޅު ގެނެސް އިންދައިގެން އެތަން ރެސްޓޯކުރާނީ،" ނައީމް ވިދާޅުވި އެވެ.

އެގޮތަށް މުރަކަ އިންދައި އާލާކުރިޔަސް، ފަރުގެ އެ ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަވެ، އޭރު އޮތް ގުދުރަތީ ރީތިކަމެއް ނާންނާނެ އެވެ.

ނައީމް ވިދާޅުވި ގޮތުގައި ހަލާކުވި ސަރަހައްދުގައި އިންދާ މުރަކަތައް ހެދިބޮޑުވާން ފަސް އަަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާނެ އެވެ.