Advertisement

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓު ގާޒީންނަށް ހާއްސަ އިނާޔަތެއް ދޭން ފާސްކޮށްފި

30 ޖޫން 2022 - 17:41 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކްރިމިނަލް ކޯޓު--


މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓު ގާޒީންނަށް ހާއްސަ އިނާޔަތެއް ދޭން ފާސްކޮށްފި

30 ޖޫން 2022 - 17:41 0

މެޖިސްޓްރޭޓުންގެ މުސާާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޒީން އިތުރަށް މަސައްކަތް ކުރާ ދުވަސްތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ އެވެ. މި ގޮތަށް މުސާރަ ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފަ އެވެ.

މި މައްސަލަ ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ޖޭއެސްސީން އެދިފައިވާ ގޮތަށް ކޮމިޓީން ފާސް ކުރަން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒްގެ ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ.

ކޮމިޓީން ފާސްކުރި ގޮތަށް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މިއަދު އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެއީ ރިސްކު އެލަވަަންސް އަސާސީ އެލަވަންސުން މަދު ނުކޮށް، ލިވިން އިސްލާހުން އުނިކުރުމަށެވެ.

މި ބަދަލާއެކު، މަޖިލީހުން ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަށް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވެވި އެވެ.

މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހަޅާފައިވަނީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އާ އިނާޔަތެއް ދިނުމަށެވެ. އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެ ގޮތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށެވެ. އެ ގޮތަށް ދެވޭ އިނާޔަތުގެ ސަބަބުން އެ މުއްދަތުގައި އިތުރަށް ހަރަދުވަނީ 600،000 ރުފިޔާ އެވެ.

ޑީޖޭއޭއިން އެދިފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެ މުއްދަތުގެ ތެރޭގައި އެ އިނާޔަތް ދިނުމަށް ނެގި ވޯޓުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެލަވަންސް ދޭން ފާސްކޮށްފަ އެވެ.