Advertisement

މޯލްޑިވިއަންއާ ގުޅޭ ކުއްލި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ބޭރުކޮށްލައިފި

30 ޖޫން 2022 - 10:32 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މެންބަރު މުހައްމަދު ސައީދު-- ފޮޓޯ: މަޖިލިސް


މޯލްޑިވިއަންއާ ގުޅޭ ކުއްލި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ބޭރުކޮށްލައިފި

30 ޖޫން 2022 - 10:32 1

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏަށް މާލީ ގޮތުން އެތަކެއް ގެއްލުމެއް ލިބެމުން އަންނާތީ އެ ކުންފުނިން ދޭ ހިދުމަތުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ދެ ވަނަ ކުއްލި މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ކުރިން ވެސް އެ މައްސަލަ ހުށަހެޅުއްވި މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދެވެ.

"..ކުންފުނީގެ ޖުމްލަ ދަރަނީގެ އަދަދު އެއް ބިލިއަނަށް ވުރެ އިތުރުވެފައިވާތީ، ކުންފުނީގެ މާލީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓުމަކީ އެއާލައިންގެ އޮޕަރޭޝަނާއި މެއިންޓެނަންސްއަށް ކޮންމެހެން އަސަރު ކުރާނެ ކަންކަމަށް ވުމުން،" ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

ކުއްލި މައްސަލައިގައި ވަނީ 2020 ވަނަ އަހަރު އެ ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން އަދި ފާއިތުވި އަހަރު 159 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް ކުންފުނި ހިންގަމުން އަންނަނީ ފިނޭންސުން އިތުރަށް 18 މިލިއަން ނަގައިގެން ކަމަށް ބުނެފައިވެ އެވެ.

އަދި، ކުންފުނީގެ މަތިންދާބޯޓުތަކުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ފެންނަ ގޮތެއް ބެލުމަށް ނެގި ވޯޓުގައި ބަލައި ގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި 19 މެންބަރުންގެ ވޯޓުން މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

މޯލްޑިވިއަންގެ މާލީ ކަންކަމާ ގުޅޭ މައްސަލައެއް ސައީދު ވަނީ މި މަހުގެ 20 ވަނަ ދުވަހު ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައަށް ވެސް އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ ބަހުސް ކުރުމެއް ނެތި ބޭރުކޮށްލާފަ އެވެ.