Advertisement

ލޭންޑްޔޫސް ޕްލޭން ފާސްނުކޮށް ބޭއްވުން ހުއްޓުމަކަށް ގެންނަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

27 ޖޫން 2022 - 12:57 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މެންބަރު މުހައްމަދު ނާޒިމް: ހުށަހެޅި އިސްލާހު ވަނީ ބޭރުކޮށްލާފައި--


ލޭންޑްޔޫސް ޕްލޭން ފާސްނުކޮށް ބޭއްވުން ހުއްޓުމަކަށް ގެންނަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

27 ޖޫން 2022 - 12:57 0

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ގައުމީ އިދާރާގައި ދިގު މުއްދަތަކަށް ހިފަހައްޓާފައިވާ ބޭއްވުން ހުއްޓުމަކަށް ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބޭރުކޮށްލައިފި އެވެެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ލިބިގެންވެ އެވެ.

އެ ގާނޫނަށް އިސްލާހު ގެންނަން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅި ބިލުގައި ވަނީ ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހެޅޭ އެ ޕްލޭންތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަން ވާނެ ކަމަށެވެ.

ލޭންޑް ޔޫޒް ޕްލޭންއާ ގުޅޭ ގޮތުން ވަކި ކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާކޮށް އެ ކަމެއް އިސްލާހުކޮށް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ފާސްކޮށް ނިންމަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މަޖިލީހުގައި މި ބިލަށް ބަހުސް ކުރިއިރު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެންބަރުން ވަނީ ބިލަށް ތާއީދު ނެތް ކަމަށް ބުނެ، އެ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

މި ބިލު މަޖިލީހަށް ބަލައި ގަތުމަށް މިއަދު ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވެވި އެވެ. ބަލައި ގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.