Advertisement

ސޯޝަލް މީޑީއާގައި ދައުރުވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

24 ޖޫން 2022 - 16:22 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސޯޝަލް މީޑީއާގައި ދައުރުވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

24 ޖޫން 2022 - 16:22 4

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މިއަދު ހެނދުނުން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ ބަޔަކު ބަދުއަހުލާގީ އަމަލުތަކެއް ހިންގާ ވީޑިއޯއެއް ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ މީހުންގެ މައްސަލަ ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

"ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އަދި، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު މީގެކުރިން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.