Advertisement

އެމްއެންޔޫގެ "ތެވެލި" މަހާސިންތާ އޮގަސްޓު މަހު ބާއްވަނީ

24 ޖޫން 2022 - 13:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަސް. ދުނިޔޭގެ މަޝްހޫރު ޕްރޮފެސަރުން މި މަހާސިންތާގައި ބައިވެރިވާނެ --- ފޮޓޯ: އަދަދު


އެމްއެންޔޫގެ "ތެވެލި" މަހާސިންތާ އޮގަސްޓު މަހު ބާއްވަނީ

24 ޖޫން 2022 - 13:51 0

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ފަސްވަނަ "ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ 2022" އަންނަ އޮގަސްޓު މަހު ބޭއްވުމަށް ނިންމައިފި އެވެ.

މި މަހާސިންތާ އޮންނާނީ އޮގަސްޓު 22 އިން 23 އަށް ކަމަށް އެމްއެންޔޫން ބުނެ އެވެ. މިއަހަރުގެ މަހާސިންތާ ހާއްސަކޮށްފައި ވަނީ ގައުމު ބިނާކުރުމަށް ކުރިއަށްގެންދާ ދިރާސާތަކަށެވެ.

މިއީ ތަފާތު އެކި ޑިސިޕްލިންތަކުގެ އިލްމީ ދިރާސާތައް ހުށަހެޅުމަށް ބޭރުގެ ސްކޮލަރުންނާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ އެވެ.

"މި ކޮންފަރެންސްގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމު ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަކީ އިލްމު އުފައްދާ އިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށް ވުން،" އެމްއެންޔޫން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، އިލްމީ ދިރާސާތައް ކުރުމާއި، ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވުމަކީ ވެސް މި ކޮންފަރެންސްގެ މަގުސަދެއް ކަމަށް އެމްއެންޔޫން ބުނެ އެވެ.

މި ކޮންފަރެންސުގައި ބޭރުގެ ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި އަދި މަޝްހޫރު އިލްމީ ދިރާސާތައް ކުރައްވާ ޕްރޮފެސަރުން ހުށަހެޅުންތައް ހުށަހަޅުއްވާނެ އެވެ. ކޮންފަރެންސްގެ ރެޖިސްޓްރޭޝަން ކުރިއަށްދާނީ އޮގަސްޓު 4 ގަ އެވެ.