Advertisement

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

24 ޖޫން 2022 - 10:48 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި އެވޯޑު ހާސިލުކުރި ނޫސްވެރިންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ: ރައީސް އޮފީސް


ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

24 ޖޫން 2022 - 10:48 0

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މިއަހަރުގެ އެވޯޑު ދޭން ނިންމާފައި ވަނީ ނޫސްމަޖައްލާ އަދި ބްރޯޑްކާސްޓު މީޑިއާ ކެޓަގަރީންނެވެ. އެންމެފަހުން މިދިޔަ އަހަރު ބޭއްވި އެވޯޑު ހަފްލާގައި އެވޯޑުތައް ދިނީ މި ދެ ކެޓަގަރީ އެއްކޮށްލައިގެންނެވެ. އެއީ، ގިނަ ދުވަސްތަކެއް ވަންދެން އެވޯޑު ހަފްލާ ނުބޭއްވި ދިޔުމުންނެވެ.

މިއަހަރު ވެސް ޖުމްލަ 12 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ؛

  • ތަހުގީގީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ
  • ވިޔަފާރި އާއި އިގުތިސާދު
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  • ފީޗާ ލިޔުން
  • އުންމީދީ ނޫސްވެރިޔާ އަދި،
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

އިނާމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ އޮގަސްޓު 11، ގެ މެންދުރުފަހު 12:00 ގެ ކުރިން ކަމަށް މީޑިއާ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.