Advertisement

މަޑި އަރުވަން އުޅެނިކޮޑް ބްރެޒިލްގެ ޕަކޭޓާ އަށް އަނިޔާވެ އޮޕަރޭޝަނެއް ކޮށްފި

24 ޖޫން 2022 - 09:08 0

ބްރެޒިލްގެ މިޑްފީލްޑަރު ޕަކޭޓާ: މަޑި އަރުވަން އުޅުމުގެ ތެރޭގައި ވަނީ އިނގިއްޔަށް އަނިޔާވެފައި.


މަޑި އަރުވަން އުޅެނިކޮޑް ބްރެޒިލްގެ ޕަކޭޓާ އަށް އަނިޔާވެ އޮޕަރޭޝަނެއް ކޮށްފި

24 ޖޫން 2022 - 09:08 0

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 24) - އަމިއްލަ ގައުމުގައި ޗުއްޓީ ހޭދަކުރަމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ، މަޑި އަރުވަން އުޅެނިކޮށް އިނގިއްޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

އުމުރުން 24 އަހަރުގެ ޕަކޭޓާ ސޯޝަލް މީޑިއާގައި އާންމުުކުރި ޕޯސްޓެއްގައިވާ ގޮތުން، މަޑި އަރުވަން އުޅުމުގެ ތެރޭގައި އިނގިއްޔަށް އަނިޔާވެގެން ޑޮކްޓަރު ލަފާދީފައިވަނީ އޮޕަރޭޝަނެއް ކުރުމަށެވެ. އެއީ ކުރިއަށް އޮތްތަނުގައި އަތަށް އިތުރު ގެއްލުމެއް ވިޔަ ނުދިނުމުގެ ބޭނުމުގަ އެވެ.

އަތުގެ އިނގިލީގެ އޮޕަރޭޝަނަށް ފަހު އަރާމް ކުރަން ވަގުތު ބޭނުންވާތީ ޕަކޭޓާ، އޭނާ ކުޅެމުން އަންނަ ފްރާންސްގެ ލިޔޯންގެ ޕްރީ ސީޒަނަށް ނުކުންނާނީ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޕަކޭޓާ އޮޕަރޭޝަން ކުރަން ނިންމީ ވެސް ލިޔޯންގެ މެޑިކަލް ޓީމުގެ ލަފާގެ މަތިންނެވެ.

ކުރިން އޭސީ މިލާނަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޕަކޭޓާ އަކީ ބްރެޒިލް ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެެކެވެ. މި ފަަހަރު ގަތަރު ވޯލްޑް ކަޕަށް ދާ ބްރެޒިލް ޓީމުން ޕަކޭޓާ އަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. އެއީ ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ފަހަކަށް އައިސް ބްރެޒިލް ކުޅުނު ގިނަ މެޗުތަކުގައި ޕަކޭޓާގެ ބޭނުން ހިފައިފަ އެވެ.

މީގެ ކުރިން ވެސް މަޝްހޫރު ކުޅުންތެރިން ވަނީ ފުޓްބޯޅައާ ނުގުޅޭ ކަންކަމާ ހެދި އަނިޔާއާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން އިނގިރޭސި ކްލަބް، ހާޓްލްޕޫލްގެ މިޑްފީލްޑަރު މާކް ޝެލްޓަންގެ ކަންފަތަށް ކޮޓަން ބަޑެއް ގޮސްގެން އެޑްމިޓްކުރަން ޖެހުނެވެ. ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަތުގައި ކުޅަނދުރެއް ދައިގަތުމުން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ޑޮކްޓަރު އެންގުމުން ވަނީ ބެންޑޭޖް އަޅައިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު، ރިއޯ ފާޑިނަންޑް، ޕްލޭސްޓޭޝަން ކުޅެން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވިއިރު، މިހާރު އޭއެސް ރޯމާ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު، ކްރިސް ސްމޯލިން، އިންޑޮނީޝިއާގެ ބާލީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ޖެލީ ފިޝް އެއް މައްޗަށް އެރިގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.