Advertisement

ޑީސަލް ލީޓަރަކުން 1.97ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.95ރ. ބޮޑުކޮށްފި

24 ޖޫން 2022 - 00:33 0

އެފްއެސްއެމްގެ ޝެޑެއް: ތެލުގެ އަގު އަނެއްކާ ވެސް ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ -- ފޮޓޯ: އަދަދު


ޑީސަލް ލީޓަރަކުން 1.97ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.95ރ. ބޮޑުކޮށްފި

24 ޖޫން 2022 - 00:33 0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހިއްޖެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް 16.77ރ. އަށް ކަމަށެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށުމަށް ފަހު ތެލުގެ އަގު އުފުލޭއިރު، އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގު ބޮޑުކުރީ މާޗު 5ގަ އެވެ. އެ ފަހަރު ބޮޑުކުރި އަގަކީ ޕެޓްރޯލް ލީޓަރެއް 14.60ރ. އަދި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

އެފްއެސްއެމްއިން ރިސޯޓްތަކަށާއި ވިޔަފާރިތަކަށް ތެޔޮ ވިއްކަނީ ޝެޑްތަކުން ވިއްކާ ރޭޓަށް ވުރެ ބޮޑުކޮށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާއިރު ރާއްޖޭގައި އެ ނިސްބަތުން ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާފައި ވަނީ ސަރުކާރުން ސަބްސިޑައިޒްކުރާތީ އެވެ. އެހެންވެ، މި އަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.