Advertisement

ފައިގަތަޅާ ފޯރި؛ ވަރަށް ފޯރީގައި ކުރިއަށް

23 ޖޫން 2022 - 15:30 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް، ފައިގަ ތަޅާ ކުޅުމުގައި-- ފޮޓޯ: އެޗްޑީސީ


ފައިގަތަޅާ ފޯރި؛ ވަރަށް ފޯރީގައި ކުރިއަށް

23 ޖޫން 2022 - 15:30 0

ވާދަވެރި މުބާރާތެއްގެ ގޮތަށް ގިނަ ޓީމުތަކެއް ބައިވެރިވެގެން ކުރިއަށް ގެންދާ ފުރަތަމަ ފައިގަތަޅާ މުބާރާތުގެ ފޯރި ވަރަށް ގަދަ އެވެ.

ޔުނިކްސް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން އިންތިޒާމުކޮށް، އެޗްޑީސީގެ އެހީތެރިކަމާއެކު ބާއްވާ މި މުބާރާތް 38 ޓީމާއެކު ފެށީ އިއްޔެ އެވެ. ކޯޓް ހަދާފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީ އިންނެވެ. ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން އަދި ދެ އޮފިޝަލުން ހިމެނެ އެވެ.

ފައިގަތަޅާ މި މުބާރާތަކީ ޔުނިކްސް ސްޕޯޓިން 2017 ވަނަ އަހަރު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ޕްރޮޕޯޒްކުރި ކޮންޓްރެކްޓެކެވެ.

ފައިގަތަޅާ ފޯރި އިއްޔެ ބޭއްވި މެޗުގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ


ޔުނިކްސް ސްޕޯޓިން އިން މައުލޫމާތު ދެއްވަމުން ރޭޝަން ޝަރީފް ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތެރޭގައި އުވެމުންދާ ދިވެހީންގެ އަމިއްލަ ވަންތަ މުބާރާތްތައް ދިރުވައި އެ މުބާރާތްތަކުގެ ފޯރި އިތުރުކުރުން ކަމަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރީ މުލަ މޯލްޑިވްސް އާއި ފެމިލީ ކޯޓެވެ. ދެވަނަ އަށް ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ވާދަކުރީ ޔޫތު މިނިސްޓްރީގެ ޔޫތު ކްލަބާއި މުލަ މޯލްޑިވްސް އެވެ.

އިއްޔެ ބޭއްވި މެޗުގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ


ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މެޗުތައް އޮންނާނީ ހަވީރު 4:00އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީން ޗެމްޕިއަން ދެ ޓީމަށް ދޭން ހަމަޖެހިފައި ވަނީ 10،000ރ. ގެ އިނާމަކާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗާއެކެވެ.