Advertisement

އޭޖީ އޮފީހުގެ ޕީއެސްގެ މައްސަލަތަކެއް ފެންމަތިކޮށް މުވައްޒަފުން ސީއެސްސީއަށް

23 ޖޫން 2022 - 15:27 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ޝިޔާއު, ޕީއެސް ކަމުގެ މަގާމަށް އައްޔަންކުރަނީ: އޭނާއާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ މައްސަލަތަކެއް ފެންމަތިކޮށްފައި


އޭޖީ އޮފީހުގެ ޕީއެސްގެ މައްސަލަތަކެއް ފެންމަތިކޮށް މުވައްޒަފުން ސީއެސްސީއަށް

23 ޖޫން 2022 - 15:27 1

އެޓާނީ ޖެނަރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓްރީ (ޕީއެސް) އަހުމަދު ޝިޔާއުއާ ގުޅޭ ޝަކުވާތަކެއް އެ އޮފީހުގެ މުވައްޒަފުންތަކެއް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން މިހާރު ބަލަމުންދާކަން އެ ތަނުން ޔަގީންކޮށްދެ އެވެ. ނަމަވެސް, މައްސަލައާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެޓާނީ ޖެނަރަލް އޮފީހުން ވެސް ރަސްމީކޮށް މިކަމުގައި އެއްޗެއް ނުބުންޏެވެ.

ނަމަވެސް, އެޓާނީ ޖެނަރަލް އޮފީހުގެ މުވައްޒަފަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި, ޕީއެސް ޝިޔާއުގެ މައްސަލަތަކެއް ހުށަހަޅަން ޖެހުނީ, މުވައްޒަފުންނާ މެދު ތަފާތުކޮށް ގާނޫނާ ހިލާފަށް ފިޔަވަޅުތައް އަޅަމުންދާތީ އެވެ. މުވައްޒަފުންނާ މެދު އެކިއެކި ފިޔަވަޅުތައް އަޅާފައިވާއިރު, އެ ފިޔަވަޅުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ވެސް ހުށަހަޅާފައިވެ އެވެ.

އޭގެ ގިނަ މައްސަލަތައް ނިމިފައިވަނީ މުވައްޒަފުންނާ އެއްކޮޅަށެވެ. އެގޮތުން, ބައެއް މުވައްޒަފުންނަށް ލިޔުމުން ދީފައިވާ އިންޒާރުގެ މައްޗަށް ފިޔަވަޅުތައް ނޭޅުމަށް ޓްރިބިއުނަލުން އަމުރުކޮށްފައިވެ އެވެ. އެފަދަ ބައެއް އަމުރުތައް ހައިކޯޓުން ވެސް ވަނީ ދަމަހައްޓާފަ އެވެ.

މީގެކުރިން ވެސް މިފަދަ ތުހުމަތުތައް އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓްރީންގެ މައްޗަށް ކުރެވިފައިވެ އެވެ. އެގޮތުން 2019 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ އޭރުގެ ޕީއެސް މުހައްމަދު ސައީދުގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު މަގާމުން ވަކިކުރި އެވެ.

އޭނާ މަގާމުން ވަކިކުރުމުގެ ފިޔަވަޅު އެޅީ ދެ މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން, ހެލްތު މިނިސްޓްރީގެ ކުރީގެ ޕީއެސް ހަދީޖާ އަބްދުއްސަމަދުގެ މިފަދަ މައްސަލައެއް ވެސް ކޮމިޝަނަށް ހުށަހެޅި އެވެ.