Advertisement

މިފްކޯއިން ނޫސްތަކަށް ދޫކުރާ ފައިސާގެ ތަފްސީލް ހާމަކުރަން އަންގައިފި

23 ޖޫން 2022 - 15:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފައުޒީ--


މިފްކޯއިން ނޫސްތަކަށް ދޫކުރާ ފައިސާގެ ތަފްސީލް ހާމަކުރަން އަންގައިފި

23 ޖޫން 2022 - 15:00 0

މިފްކޯއިން ނޫސްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ ކުންފުންޏަށް އަންގައިފި އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތަކަށް އެދުނީ "ދިޔަރެސް" އިންނެވެ. އެކަމަކު އެ މައުލޫމާތު ދިނުމަށް ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި ނުދިނުމުން "ދިޔަރެސް" އިން ވަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި މިފްކޯގެ ފަރާތުން ފާހަގަކުރާ ކަމަކީ "ދިޔަރެސް" އިން އެދިފައިވާ މައުލޫމާތުތަކަކީ އެ ކުންފުނިން މީޑިއާތަކާ އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ކަމަށެވެ. ވިޔަފާރީގެ ސިއްރުތައް ހިފެހެއްޓޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާގެ ފަށުން އެ މައުލޫމާތު ނުދީ ހިފެހެއްޓޭނެ ކަމަށް އެ ކުންފުނީގެ ވަކީލް ބުނެފައިވެ އެވެ.

އައިކޮމްގެ ލީގަލް އެފެއާޒް ޑިރެކްޓަރު އައިޝަތު އިޝާ ވިދާޅުވީ ގާނޫނުގައި ބަޔާން ކުރަނީ ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުމެއް ހާމަނުކުރެވިދާނެ ކަމުގަ އެވެ. އަދި އެދިފައިވާ މައުލޫމަތަކީ ވަކި ނޫހަކާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައުލޫމާތު ދިނުމަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން "ދިޔަރެސް" އިން އެދިފައިވާ ގޮތުގައި ފައިސާ ދޫކުރި މީޑިއާ އާއި އެ މީޑިއާއަކަށް ކޮންމެ އަހަރެއްގެ މައްޗަށް ފައިސާ ދޫކުރި ފައިސާގެ އަދަދު ދިނުމަށާއި އެ ތަފްސީލްތައް ހާމަކުރުމަށް އޭނާ އެންގެވި އެވެ. އަދި ފައިސާގެ ރަސީދުތަކުގެ ކޮޕީ ވެސް ހިއްސާކުރަން އެންގި އެވެ.

މީގެ އިތުރަށް ނޫސްތަކަށް އިޝްތިހާރު ވިއްކަން މިފްކޯއިން ގެންގުޅޭ އުސޫލެއް އޮތް ނަމަ އެ އުސޫލުގެ ލިޔެކިއުންތައް ހާމަކޮށްދޭން ވެސް އެދިފައިވެ އެވެ. އެ އުސޫލު ވެސް ހާމަކުރަން އައިކޮމްއިން މިއަދު މިފްކޯގެ މައްޗަށް އެންގި އެވެ.