Advertisement

އިޒްރޭލާ އެކު ރަނގަޅު ގުޅުމެއް ބާއްވަން އަރަބި ގައުމުތަކުން ބޭނުންވޭ: އެމެރިކާ

އެމެރިކާ އާަަަަަަައި އިޒްރޭލުގެ އިސްވެރިން ބަހްރެއިން، ޔޫއޭއީ، މޮރޮކޯ އަދި މިސްރުގެ އިސް އޮފިޝަލުންނާ އެކު. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލާ އެކު ރަނގަޅު ގުޅުމެއް ބާއްވަން އަރަބި ގައުމުތަކުން ބޭނުންވޭ: އެމެރިކާ

ވޮޝިންޓަން، އެމެރިކާ (ޖޫން 23) - އަންނަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ދަތުރާ ދިމާކޮށް ގިނަ އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި ބައިޑެން އިޒްރޭލާއި، ހުޅަނގު އައްސޭރި އަދި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނީ ޖުލައި 13 އިން 16 އަށެވެ. އެ ދަތުރުގައި މެދުއިރުމަތީގެ ގައުމުތައް ހިމެނޭ ބައްދަލުވުމެއްގައި ބައިޑެން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މެދުއިރުމައްޗަށް ހާއްސަ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބާބަރާ ލީފް ވިދާޅުވީ ބައިޑެންގެ ސަރުކާރުން ބޭނުން ވަނީ އިޒްރޭލާއި އަރަބި ގައުމުތައް އެކުގައި މަސައްކަތް ކުރުން އިތުރު ކުރުމަށް ކަމަށެވެ. ބައިޑެންގެ ދަތުރުގެ ތެރެއިން ހާއްސަ ކަންކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯއިން ވަނީ 2020 ވަނަ އަހަރު އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފަ އެވެ. އެ ގައުމުތަކާއި މިސްރު އަދި އިޒްރޭލާއި އެމެރިކާގެ އިސްވެރިންގެ ބައްދަލުވުމެއް މިދިޔަ މާޗް މަހު އިޒްރޭލްގައި އޮތެވެ. ލީފް ވިދާޅުވީ އެ ބައްދަލުވުން ކޮންމެ އަހަރަކު ބާއްވަން ބޭނުންވާ ކަމަށެވެ.

އެ ގައުމުތަކުގެ އިތުރުން ފަލަސްތީނާއި އުރުދުން ވެސް ކޮންމެ އަހަރަކު އެ ބައްދަލުވުމުގައި ބައިވެރިވާން ބާރު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މެދުއިރުމަތީގައި ފެނާއި، ކާބޯތަކެތި، ފަތުރުވެރިކަން، ސިއްހީ ދާއިރާ އަަދި އިގްތިސާދާ ގުޅޭ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ފެށި ބައްދަލުވުމެކެވެ.