Advertisement

ހައި ކޯޓު ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަންކޮށްފި

23 ޖޫން 2022 - 10:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އަދި ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރި ހުޒައިފާ މުހައްމަދު - ފޮޓޯ: ޖޭއެސްސީ


ހައި ކޯޓު ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަންކޮށްފި

23 ޖޫން 2022 - 10:43 0

ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފި އެވެ.

ޖޭއެސްސީން ބުނި ގޮތުގައި ހުޒައިފާ އައްޔަން ކުރަން ނިންމީ، އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހުގަ އެވެ.

އެގޮތުން، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ހުޒައިފާގެ ނަން ކަމަށް ޖޭއެސްސީން ބުންޏެވެ.

އަދި ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ހ. ސޭންޑީ ބީޗް، ހުޒައިފަ މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މިހާރު ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވަމުން ގެންދަވާ ހުޒައިފާއަކީ ފަނޑިޔާރުކަން ކުރައްވާތާ 14 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭފުޅެކެވެ.

ހުޒައިފާ މުހައްމަދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައިކޯޓުގައި މިހާރު ވެސް އަށް ފަނޑިޔާރުން ތިއްބަވަ އެވެ.

ހައިކޯޓުން ފަނޑިޔާރުންގެ މަގާމުތަކެއް ހުސްވެގެން ދިޔައީ، އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވުމުންނާއި ތިން ވަނަ ބޭފުޅަކު ވަކިކުރުމުންނެވެ. އިސްތިއުފާ ދެއްވީ މުހައްމަދު ސަމީރާއި އަބްދުއް ރައޫފް އިބްރާހީމެވެ. މަޖިލީހުގެ ވޯޓަކުން ވަކިކުރީ އަބްދުﷲ ހަމީދެވެ.