Advertisement

އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާ އާއި އެމެރިކާގެ ވަފުދު ލަންކާއަށް

ލަންކާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ.


އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާ އާއި އެމެރިކާގެ ވަފުދު ލަންކާއަށް

ސްރީލަންކާއަށް އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާ އާއި އެމެރިކާގެ ވަފުދެއް ކޮލޮމްބޯއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރަނިލް ވިދާޅުވީ އިންޑިއާގެ ކްރެޑިޓް ލައިނުން ލިބުނު ހަތަރު ބިލިއަން ޑޮލަރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެ ގައުމުގެ އިތުރު އެހީއަށް އެދިފައި ވާނެ ކަމަށެވެ.

"އިންޑިއާއަށް އަބަދު އެހީއެއް ނުވެވޭނެ. އެމީހުންނަށް ވެސް އެހީވެވޭނީ ވަކި ވަރަކަށް،" ޕާލިމެންޓުގައި ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ލޯނުތައް ދައްކާނެ ގޮތެއް ލަންކާއިން ހޯދަން ޖެހޭ ކަމަށާއި އެންމެ ފަސޭހަ އަދި ރައްކާތެރި ގޮތަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީ ހޯދުން ކަމަށެވެ.

އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާ ސަރުކާރުގެ ފަރާތުން ތިން މެމްބަރުންގެ ވަފުދެއް ކޮލޮމްބޯއަށް ދަތުރު ކުރާނީ ބުރާސްފަތި ދުވަހު އެވެ.

އޭގެ އިތުރުން އަންނަ ހަފްތާގެ ހޯމަ ދުވަހު އެމެރިކާގެ ޓްރެޝަރީއާ ގުޅޭ ވަފުދެއް ވެސް ކޮލޮމްބޯއަށް ދަތުރު ކުރާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.