Advertisement

ސައުދީ ވަލީ އަހުދު ތުރުކީއަށް ވަޑައިގެންފި

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަދި ތުރުކީ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އެސްޕީއޭ


ސައުދީ ވަލީ އަހުދު ތުރުކީއަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބުދަ ދުވަހު ތުރުކީއަށް ވަޑައިގެންފި އެވެ.

ތުރުކީއިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ތއްޔިބް އުރުދުގާން އެވެ. ދެ ލީޑަރުން ވަނީ އިގްތިސާދީ އަދި ސިޔާސީ ގިނަ ކަންކަން މަޝްވަރާ ކުރައްވާފަ އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ވިޔަފާރި އާއި ފަތުރުވެރިކަަން އދި ސިއްހީ ދާއިރާގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި އެވެ.

ވަލީ އަހުދުގެ މި ދަތުރުފުޅުގައު ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.

ތުރުކީއަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ އުރުދުން އާއި މިސްރަށް ވެސް މި ހަފްތާގައި ވަޑައިގެންފަ އެވެ.

މިއީ 2018 ވަނަ އަހަރު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލުމާ އެކު ދެ ގައުމުގެ ގުޅުން ގޯސްވުމަށް ފަހު، ސައުދީ ވަލީ އަހުދު ތުރުކީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.