Advertisement

އިޒްރޭލުން ހަމަލާ ދިން ދިމިޝްކު އެއާޕޯޓް އަލުން ހުޅުވަނީ

އިޒްރޭލުން ދިމިޝްކް އެއާޕޯޓަށް ހަމަލާ ދިނީ މީގެ ދެ ހަފްތާ ކުރިން. -- ފޮޓޯ: ލުއައި ބެޝާރާ


އިޒްރޭލުން ހަމަލާ ދިން ދިމިޝްކު އެއާޕޯޓް އަލުން ހުޅުވަނީ

ދިމިޝްކު، ސީރިއާ (ޖޫން 22) - މީގެ ދެ ހަފްތާ ކުރިން އިޒްރޭލުން ހަމަލާ ދީ ރަންވޭތައް ސުންނާފަތިކޮށްލި ސީރިއާގެ ދިމިޝްކު އެއާޕޯޓް ބުރާސްފަތި ދުވަހު އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޖޫން 10 ވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އެއާޕޯޓުގެ ރަންވޭތަކާއި، ކޮންޓްރޯލް ޓަވަރާއި، ރިސެޕްޝަން ކޮޓަރިއަށް ގެއްލުންވެ، ބޮޑެތި މަރާމާތު ކުރަން ޖެހުނެވެ. އޭގެ ސަބަބުން ދތުރުތައް ވެސް ވަނީ ސސްޕެންޑްކޮށްފަ އެވެ.

ރަންވޭތަކަށް ލިބުނު ގެއްލުމުގެ އިތުރުން އެއާޕޯޓު ކައިރީގައި ހުރި ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް ވެސް ހަމަލާ ދިން ކަމަށް ސީރިއަން އޮބްވޭޓަރޯ ފޯ ހިއުމަން ރައިޓްސްއިން ބުންޏެވެ.

ސީރިއާގައި 2011 ވަނަ އަހަރު ދާހިލީ ހަނގުރާމަ ފެށި ފަހުން އިޒްރޭލުން ވަނީ އެ ގައުމަށް އަމާޒުކޮށް އެތައް ސަަތޭކަ ވައިގެ ހަމަލާ ދީފަ އެވެ.

ހަމަލަ އަމޒު ކުރަނީ ސީރިއާ ސިފައިންގެ އިތުރުން އިރާނުގެ ތާއީދއެކު އުޅޭ ގްރޫޕްތަކާއި ޝިއައީ ގްރޫޕް ހިޒްބުﷲ އާ ގުޅުން ހުރި ހަނގުރާމަވެރިންނަށެވެ.