Advertisement

18 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަނީ

22 ޖޫން 2022 - 21:54 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް ވެކްސިން ޖެހުމަށް ކިޔުގައި--- ފޮޓޯ: އަދަދު


18 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަނީ

22 ޖޫން 2022 - 21:54 0

އުމުރުން 18 އަހަރުން މަތީ މީހުންނަށް ހަތަރުވަނަ ކޮވިޑް-19 އިން ދިފާއުވާ ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ދޭން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާ ކަމަށް އެޗްޕީއޭން ބުނީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ތެރޭގައި ހާލު ބޮޑުވެ އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ.

އެޗްޕީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރުވަނަ ވަނަ ޑޯޒް ޖަހަން ނިންމާފައިވާ ކަމަށެވެ.

މިޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑް ގެ ފުރަތަމަ ބޫސްޓާ ނުވަތަ ތިން ވަނަ ޑޯޒް ޖެހިފަހުން ހަތަރު މަސް ދުވަސް ވެފައިވާ މީހުންނެވެ.

މިވަގުތު ކޮވިޑް-19 ވެކްސިންގެ 4 ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ:

  • 65 އަހަރުންމަތީގެ މީހުން
  • 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން.

މީގެ ތެރޭގައި ހިމެނެނީ:

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެ
  • މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން
  • ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން
  • ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
  • ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން

އަދި މީގެ އިތުރުން ބަލިޖެހުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެ ފަރާތްތައް:

  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
  • ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން
  • ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން
  • ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
  • އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް

މީގެ އިތުރުން އެޗްޕީއޭން ވަނީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ދޭން ފެށުމަށް ވެސް ނިންމާފަ އެވެ.

އެއީ17-12އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަ ވެފައިވާ ކުދިންނަށް، މާދަމާއި ފެށިގެން ބޫސްޓާ ޖެހުމަށެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ މައުލޫމާތު ތަކަށް ބަލާއިރު، ފުރަތަމަ ޑޯސް 398،793 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.07 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،421 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.90 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 35.91 ޕަސެންޓެވެ. އެއީ 162،586 މީހުންނެވެ.