Advertisement

ނޭޝަނަލް ހެލްތު ލެބޯޓްރީ އަޕްގްރޭޑު ކުރަން އީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފި

22 ޖޫން 2022 - 21:44 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އީއައިބީގެ ބޭފުޅުންނާ އެކީ: ރަށްރަށުގައި އިންފެކްޝަސް ޑިޒީސް ވޯޑާއި އައިސޮލޭޝަން ސެންޓަރުތައް އަޅަން ވެސް މި ލޯނު ބޭނުންކުރާނެ. -- ފޮޓޯ؛ ފިނޭންސް މިިނިސްޓްރީ


ނޭޝަނަލް ހެލްތު ލެބޯޓްރީ އަޕްގްރޭޑު ކުރަން އީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފި

22 ޖޫން 2022 - 21:44 0

ނޭޝަނަލް ހެލްތު ލެބޯޓްރީ އަޕްގްރޭޑްކުރުމަށާއި ގައިން ގަޔަށް އަރާ ބަލިތަކުގެ މީހުންނަށް ހާއްސަ ވޯޑްތަކާއި އައިސޮލޭޝަން ފެސިލިޓީތައް ރަށްރަށުގައި އަޅަން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ)ން 18.4 މިލިއަން ޔޫރޯ (300 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން މިއަދު ނަގައިފި އެވެ.

ދިގުމުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ކޮންސެޝަނަލް ޓާމްތަކެއްގައި ދޫކުރި އެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޯޕެކް ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވަން ވަޑައިގެން ޔޫރަޕުގައި ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އީއައިބީގެ ފަރާތުން ސޮއިކުރެއްވީ ގްލޯބަލް ޕާޓްނާސް ޑައިރެކްޓާ މާރިއާ ޝޯ އެވެ.

"މޯލްޑިވްސް ކޮވިޑް-19 ހެލްތް ފެސިލިޓީ ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ޕްރޮޖެކްޓުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ބެލްޖިއަމްގެ ބްރަސްލްސްގައި ކުރިޔަށް "ޔޫރަޕިއަން ޑިވެލޮޕްމަންޓް ޑޭސް" އިވެންޓެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އީއައިބީގެ މި ލޯނަކީ މިދިޔަ އަހަރު އެ ބޭންކުން ތައާރަފުކުރި "ސައުތު އޭޝިއާ ޕަބްލިކް ހެލްތުކެއާ ކޮވިޑް-19 ޕްރޮގްރާމް ލޯން" ގެ ދަށުން ރާއްޖެއަށް ދިން ލޯނެކެވެ.

އީއައިބީން ވަނީ ކޮވިޑުގެ ތެރޭގައި ވިޔަފާރިތަކަށް ކޮވިޑް ރިލީފް ލޯނު ދޫކުރަން ވެސް 20 މިލިއަން ޔޫރޯ (326 މިލިއަން ރުފިޔާ)ގެ ލޯނު އެހީއެއް ރާއްޖެއަށް ވެދީފަ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި މި ފައިސާއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެވުނު ލޯނު އެހީއެެވެ.

އެގޮތުން 15.4 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދޫކުރި އެވެ.