Advertisement

ކަރަންޓު ފޯރުކޮށްދޭ ފީޑަރުތަކެއް ނިވި، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

21 ޖޫން 2022 - 21:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކަރަންޓު ފޯރުކޮށްދޭ ފީޑަރުތަކެއް ނިވި، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

21 ޖޫން 2022 - 21:03 0

ވެރި ރަށް މާލެއަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ފީޑަރުތައް ނުވަތަ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޓްރާންސްމިޝަން ލައިންތަކަށް މައްސަލައެއް ޖެހި މުޅި ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މިރޭ 8:00 ހާއިރު ކަރަންޓު ދިޔައިރު ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

"މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ވަނީ ޖެހިފައި. މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ،" ސްޓެލްކޯ އިން މައުލޫމާތު ދިނެވެ.

ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.