Advertisement

ޔޯގާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުން އެމްޑީޕީން ކުށްވެރިކޮށްފި

21 ޖޫން 2022 - 14:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޔޯގާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުން އެމްޑީޕީން ކުށްވެރިކޮށްފި

21 ޖޫން 2022 - 14:33 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ބަޔަކަށް ހަމަލާދީ ހިންގި ހަމަނުޖެހުން ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

އެމްޑީޕީން ބުނީ، އެ ބާވަތުގެ ނުބައި އަދި އަނިޔާވެރި އަމަލުތަކަކީ، ސުލްހަވެރި ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެސް ޖާގައެއް އޮތް ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ފެށުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށް އެމްޑީޕީން ބުންޏެވެ.

މިހާތަނަށް ހައްޔަރު ކުރެވުނު މީހުން ވެސް ހިމެނޭ ގޮތަށް، މިކަމަށް ޒިންމާވާ އެންމެންނާ މެދު އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސް އަޅައި، ބައިވެރިންނަށް ހަމާލާ ދިން ބިރުވެރި އަމަލު، އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ދެހާސްފަނަރަވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަކަން ވެސް އެމްޑީޕީން ފާހަގަ ކުރެ އެވެ.