Advertisement

ޖަވާބުގައި އެއް ސުމެއް އިތުރުވުމުން، އިސްލާހުކުރަން މައުސޫމް އަލުން ހާޒިރުވެއްޖެ

21 ޖޫން 2022 - 10:25 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު މައުސޫމް-- ފޮޓޯ: މަޖިލިސް


ޖަވާބުގައި އެއް ސުމެއް އިތުރުވުމުން، އިސްލާހުކުރަން މައުސޫމް އަލުން ހާޒިރުވެއްޖެ

21 ޖޫން 2022 - 10:25 0

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މީގެ ކުރިން ދެއްވި ޖަވާބެއްގައި ހިސާބު އަދަދެއް ނުބައިކޮށް ވިދާޅުވެވުމުން، އެކަން އިސްލާހު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދުގެ ޖަލްސާއަށް ހާޒިރުވެއްޖެ އެވެ.

މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތ. އަތޮޅުގެ ހަ ރަށުގައި 700 އެނދު ހުރި ކަމަށެވެ.

"އަޅުގަނޑަށް ބުނެވިފައި އިންނަނީ 700 ކަމަށް، ދެން އެހެންވެ އަޅުގަނޑު މަޖިލީހަށް ސިޓީއެއް ފޮނުވީ ޖަވާބު ރަނގަޅުކޮށްލަން، މި ފުރުސަތު ދެއްވީތީ ވަރަށް އުފާކުރަން، ތ. އަތޮޅުގައި ހަ ރަށެއްގައި ގެސްޓު ހައުސްތަކުގައި 70 އެނދު ހުރި ކަމަށް ރެކޯޑު ރަނގަޅުކޮށްލަން،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަވާބު ނުބައިކޮށް ދެއްވުނު ކަން ސަމާލުކަމަށް އައީ މެންބަރު ރިޔާޒް މެސެޖަކުން އެކަން އެންގެވުމުން ކަަމަށެވެ. އަދި ޖަވާބު ދެއްވީ ގެންގުޅުނު ނޯޓަށް ރިއާޔަތް ކޮށްގެން ކަމަށާއި އެއީ ކުށެއް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ޖަވާބެއް ނުބައި ކޮށް ވަޒީރަކަށް ވިދާޅުވެވިއްޖެނަމަ، އަލުން މަޖިލީހަށް ހާޒިރުކޮށް އިސްލާހު ކުރަން ޖެހެ އެވެ. އެހެންނޫންނަމަ ބެލެވެނީ ދޮގު މައުލޫމާތު ދިން ކަމަށެވެ.

މިގޮތަށް ޖަވާބު އިސްލާހު ކުރަން ހާޒިރުވުމުން، އިތުރު ސުވާލުގެ ކުރުމުގެ ފުރުސަތު ވެސް މެންބަރުންނަށް އޮވެ އެވެ. އެ ފުރުސަތު ރިޔާސަތުން ވަނީ މެންބަރުންނަށް ދެއްވާފަ އެވެ.