Advertisement

ފޮޓޯ ނަގާ! ވީޑިއޯ ވެސް ކުރޭ! ހަރުކަށި ފިކުރުގެ މީހެއްގެ ރުޅި ފަޅައިގެންދިޔަ ވަގުތުކޮޅު

20 ޖޫން 2022 - 14:05 3

ފަނޑިޔާރުންނަށް އިންޒާރުދީ ހައި ކޯޓުގައި ހަޅޭއްލެވި މީހާ: އޭނާ ރުޅި އައި ކަމަށް ބެލެވެނީ ޓެކްސް ދައްކަންޖެހުމުން -- ފޮޓޯ: ވީޑިއޯ ކެޕްޗާ


ފޮޓޯ ނަގާ! ވީޑިއޯ ވެސް ކުރޭ! ހަރުކަށި ފިކުރުގެ މީހެއްގެ ރުޅި ފަޅައިގެންދިޔަ ވަގުތުކޮޅު

20 ޖޫން 2022 - 14:05 3

ހަރުކަށި ފިކުރުގެ ވިސްނުން ހުރި ކަމަށް ބެލެވޭ މީހަކު ހައި ކޯޓުގެ ގޯތި ތެރެއަށްވަދެ ހުތުރުބަހުން ހަޅޭއްލަވައި، ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދީފި އެވެ.

އާދީއްތަ ދުވަހު ހައި ކޯޓުގެ ގޯތި ތެރެއަށް ވަދެ އެ ފިރިހެން މީހާ ގޮވަމުންދިޔައީ "ހައި ކޯޓު މުގުރާލަންޖެހެނީ! ފަނޑިޔާރުން މަރާލަންޖެހެނީ!" ކަމަށެވެ. އަދި ވަރަށް ގިނަ ހުތުރުބަސް ބޭނުންކޮށް، ގޯތި ތެރޭގައިި ހުރެ ހަޅޭއްލެވި އެވެ.

"ހައި ކޯޓަށް ވަދެ އަޑުގަދަ ކުރަމުން ދިޔަ މީހެއް އެއީ، އެހެން އަޑުގަދަކޮށް އިންޒާރު ދެމުން ދާތީ ޑީޖޭއޭގެ ސެކިއުރިޓީީން އައިސް އޭނަ ނެރެ، މެއިން ގޭޓް ބަންދޮށްފަ ބެހެއްޓީ. ދެން އެ މީހާ އެ ތަން ދޫކޮށް ގޮސްފި،" ހައި ކޯޓުގެ ތަރުޖަމާނަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އަޅި ކުލައިގެ ޓީޝާޓަކާއި ހަމަ އެ ކުލައިގެ ފަޓުލޫނަކާއެކު ރަތް ކުލައިގެ ފޮތިގަނޑެއް ބޮލުގައި އަޅައިގެން ހުރި އެ މީހާ ރުޅި ފަޅައިގެންދިޔަ ކަމަށް ބެލެވެނީ ޓެކްސް ދައްކަން ޖެހުމުންނެވެ. ކޯޓުގެ ގޯތި ތެރޭގައި ހަޅޭއްލަވަމުންދިޔަ ވަގުތު ޓެކްސް ދެއްކި ކަމުގެ ރަސީދެއް ކޯޓުގެ ސެކިއުރިޓީ ގާޑުންނަށް ދައްކަމުންދިޔަ އެވެ.

ދުނިޔޭގެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތްތައް އައިސިސް އަދި އަލް-ގައިދާއަށް ނިސްބަތްވާ ޓެރަރިސްޓުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު އެމީހުންގެ މައިގަނޑު އެއް ގަބޫލުކުރުމަކީ ރާއްޖޭގައި އޮންނަނީ ކާފަރު ދައުލަތެއް ކަމަށާއި އެހެންކަމުން ދައުލަތުން ނަގާ ޓެކްސްއަކީ ހަގީގަތުގައި ޖިޒީ ކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހާ އެ ސަރަހައްދުގައެއް ނެތް. މިކަމާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު އެ މައްސަލައިގައި ސުވާލު ކުރުމުން ބުންޏެވެ.

ދިވެހިރާއްޖޭގައި ޖާނުންފިދާވެގެން ހަމަލާދޭން ވެސް ޖެހިލުންނުވާނެވަރުގެ 1400 ޓެރަރިސްޓުން އެބަތިބި ކަމަށް ކަމަށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ޑިސެމްބަރު، 2019 ގައި ބުނެފައިވެ އެވެ. އަދި ރާއްޖެއިން 173 މީހަކު ސީރިއަށް ގޮސް އެތަނުގައި ޓެރަރިސްޓުންނާ ބައިވެރިވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.