Advertisement

ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަރަދު ކުރާ ގޮތް އީސީން ބަލަނީ

19 ޖޫން 2022 - 18:07 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޕީޕީއެމުން މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން-- ފޮޓޯ: އަދަދު


ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަރަދު ކުރާ ގޮތް އީސީން ބަލަނީ

19 ޖޫން 2022 - 18:07 1

ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ހަރަދުތައް ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތައްތޯ ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަލަން ފަށައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކަށް ލަފާކޮށް ފާސްކުރާ ބަޖެޓްގެ 0.1 ޕަސަންޓު ހާއްސަކުރަން ޖެހެނީ ސިޔާސީ ޕާޓީތަކަށެވެ. އެ ފައިސާ ދޫކުރަނީ ވެސް 10،000 މެމްބަރުންނަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކަށެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ހަރަދު ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށްތޯ ބެލުމަށް، އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި މިއަހަރުން ފެށިގެން ޕާޓީތައް ގަވައިދުން އޮޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މި އަހަރު ވެސް ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެ އެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އިދިކޮޅު ޕީޕީއެމް އެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީ ހަރަކާތްތެރިވެ އެވެ.

މި އަހަރުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރި ފައިސާ

  1. އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
  2. ޕީޕީއެމް: 8.9 މިލިއަން ރުފިޔާ (34،237 މެންބަރުން)
  3. ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެންބަރުން)
  4. އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެންބަރުން)