Advertisement

ރަނިލްގެ ދައުވަތަކަށް ނަޝީދު ލަންކާގައި

18 ޖޫން 2022 - 14:39 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ނަޝީދު އަދި ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް ގަފޫރު ލަންކާގައި-- ފޮޓޯ/ މަޖިލިސް


ރަނިލްގެ ދައުވަތަކަށް ނަޝީދު ލަންކާގައި

18 ޖޫން 2022 - 14:39 1

ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް އިއްޔެ ވަޑައިގެންފި އެވެ.

ނަޝީދުގެ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް، އަބްދުލްގަފޫރު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް އިއްޔެ ފުރާވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވީނަމަވެސް، މި ދަތުރުފުޅުގައި ކުރައްވަނީ ކޮން މަޝްވަރާއެއް ކަން ހާމަކުރެވެން އަދި ނެތް ކަމަށް މަޖިލީހުގެ މީޑިޔާ އެންޑް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ މި ނޫހަށް ވިދާޅުވެފަ އެވެ.

އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާއަށް މިފަހުން ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމަށް ބޭރުގެ އެހީ ހޯދުމުގައި އެހީތެރިވެ ދިނުމަށް ނަޝީދު އަމިއްލައަށް އެދިވަޑައިގަތުމުން، އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރަސްމީކޮށް އެ މަސައްކަތް ހަވާލުކުރައްވައިފަ އެވެ.

ނިމިދިޔަ މެއި މަހުގެ ތެރޭގައި ލަންކާއަށް ވަޑައިގެން ނަޝީދު ވަނީ އެގައުމުގެ ސިޔާސީ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

އަވަށްޓެރި ސްރީލަންކާއަކީ ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ކުރިއްސުރެ ބޮޑެތި އެހީތައް ވަމުން އަންނަ ގައުމެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމްޑީޕީ ފުރަތަމަ އުފެއްދީ ވެސް ލަންކާގަ އެވެ.