Advertisement

މަޓާ އަށް ސައުދީި އިން އަހަރަކު 10 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

18 ޖޫން 2022 - 08:10 0


މަޓާ އަށް ސައުދީި އިން އަހަރަކު 10 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

18 ޖޫން 2022 - 08:10 0

ލަންޑަން (ޖޫން 18) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ނިންމާފައިވާ، ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ އަށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން އަހަރަކު 10 މިލިއަން ޑޮލަރުގެ މުސާރައެއް ދޭ ގޮތަށް ކޮންޓްރެކްޓެއް ހުށަަހަޅައިފި އެވެ.

މަޓާ، 34، އާއި ޔުނައިޓެޑް ހަދާފައިވާ ކޮންޓްރެކްްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ޔުނައިޓެޑުން ވަނީ ކޮންޓްރެކްޓް ހަމަވުމުން ކްލަބް ދޫކޮށްލާނެކަމަށް އިއުލާނުކުރި ލިސްޓުގައި މަޓާގެ ނަން ވެސް ހިމަނައިފަ އެވެ.

ގިނަ ކްލަބްތަކެއްގެ ހުށަހެޅުން މަޓާ އަށް ލިބެމުން އަންނައިރު، އޭނާ އަށް ބޮޑު މުސާރަ ދޭ ކޮންޓްރެކްޓެއް ހުށަހެޅީ ސައުދީގެ އަލް ހިލާލް އިންނެވެ. ހިލާލް އިން ހުށަހެޅީ 10.4 މިލިއަން ޑޮލަރު އަހަރަކު ދޭ ގޮތަށް ދެ އަހަރަށް މަޓާ ސޮއިކުރުމަށެެވެ. މަޓާ އެންމެ ފަހުން ޔުނައިޓެޑަށް ކުޅެމުން އައީ އަހަރަކު 10.2 މިލިއަން ޑޮލަރަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ތުރުކީ ކްލަބަކުން ލިބުނު ހުށަހެޅުން ވެސް މަޓާ ދޫކޮށްލީ އޭނާ ވިސްނައިގެން ހުރީ ސްޕެއިނުގެ ކްލަބަކާ ގުޅުމަށް ކަމަށްވާތީ އެވެ. އެހެންކަމުން، ސައުދީގެ އަލް ހިލާލުން މި ލިބުނު އޮފާ ވެސް މަޓާ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މަޓާގެ ސޮއި ހޯދަން މަސައްކަތްކުރާ ކްލަބްތަކަކީ އޭނާ ކުރިން ކުޅުނު ވެލެންސިއާގެ އިތުރުން، ސެވިއްޔާ، ރެއާލް ސޮސިއެޑާޑް އަދި ރެއާލް ބެޓިސް އެވެ.

ވެލެންސިއާ ދޫކޮށް 2011 ވަނަ އަހަރު، މަޓާ ޗެލްސީ އަށް ބަދަލުވީ 28 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މަޓާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

މަޓާ، 2014 ވަނަ އަހަރު ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ޔުނައިޓެޑާ އެކު މަޓާ ވަނީ އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ދެ ސީޒަނުގައި މަޓާ އަށް ޔުނައިޓެޑް ޓީމުން ފުރުސަތު ލިބުނީ މަދު މެޗެެއްގަ އެވެ.